ads
ޑރ. މުހައްމަދު އިޔާޒު--
ޝިޔާމް ދެއްކެވި ވާހަކަ ތަކަށް އިޔާޒު ރައްދު ދެއްވައިފި
ރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން "އައްޑަނަ" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު، ހުކުރު ހުތުބާއާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ރައްދު ދެއްވައިފިއެވެ.
Advertisement

އިޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައި ފަހުން ހުކުރު ޚުތުބާ ވަކި މައުޟޫއަކަށް ބިނާކޮށް ގެނައުމަށް އަންގާފައި ނުވާ ކަމަށެވެ.   

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްޔެ އިއްވި ހުކުރު ޚުތުބާ ސިޔާސީ ކުލަޖެހިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމްގެ އިތުރުން ހުޅުމާލޭ ކައުންސިލަރުއިބްރާހިމް ޝުޖާއު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. 

ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އެހެން ހުކުރު ޚުތުބާތަކާ ހިލާފަށް އިއްޔެގެ ހުކުރު ޚުތުބާގައި ސަރުކާރުގެ މޫނުމަތި ރީތިކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސިޔާސީ ކުލަ ޚުތުބާގައި ޖެހިފައިވާ ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ އިސްލާމިކް މިނިސްޓްރީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

އެ ވާހަކަތަކާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުގެ ޚުތުބާތަކަކީ އިބްރަތުން ފުރިގެންވާ ފަދަ ފިލާވަޅުތަކެއް ހިމެނޭ ޚުތުބާތަކެއް ކަމަށެވެ. އަދި ޚުތުބާ ވަކި މައުޟޫއަކަށް ތައްޔާރު ކުރުމަށް، ނުވަތަ ވަކި ގައުމެއްގެ ވަކި ވާހަކައެއް ނުގެނައުމަށް ޔަގީނުން ވެސް މި ސަރުކާރު އައި ފަހުން އަންގާފައި ނުވާ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ. އިއްޔެގެ ހުކުރު ޚުތުބާގެ ގައި އަލި އަޅުވާލަފައިވަނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށެވެ. 

ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަކީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބޭފުޅަކަށް ވާއިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް