ads
ފަނޑިޔާރު ޝުޖާއު އުސްމާން އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު--
އަލީ ޒާހިރު ނުފޫޒު ފޯރުވާ، ތަކުރާރުކޮށް އަޅުގަނޑަށް ގުޅާތީ ފޯނުވެސް އެއްލާލެވުނު: ޝުޖާއު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަަަށް ގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށާއި، ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ގުޅުއްވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން ތަކުރާރުކޮށް ގުޅުއްވާ ނުފޫޒު ފޯރުވި ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެ އެވެ.
Advertisement

ކުރީގެ ރައީސް ޔާމީންނަށް އިއްވި ފަސް އަހަރު ދުވަހުގެ ހުކުމަކީ ނުހައްގުން ގާޒީން ތަކަކަށް މަޖުބޫރުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް ދޭހަވާ ގޮތަކަށް އެ ބެންޗުގައި ހިމެނޭ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަޑިޔާރަކު ވާހަކަދައްކަވާ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ.

އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އަނެއް ފަނޑިޔާރަކު އެ ހުކުމަކީ ގާޒީން ރަހީނުކޮށްގެން އިއްވި ހުކުމެއް ކަމަށް ދޭހަވާފަދަ ގޮތަކަށްވެސް ވާހަކަދައްކަވާފައިވެއެވެ. 

އެ އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން އަދި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމުމުން މަގާމުން އިސްތިއުފާދެއްވާފައި ހުންނެވި ފަނޑިޔާރު ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަލީ ޒާހިރު، ފަނޑިޔާރުންނަަަށް ގުޅުއްވާ ނުފޫޒުފޯރުވި ކަމަށް ދެކެވޭ ވާހަކަތަކަކީވެސް ހަގީގަތެއް ކަމަށެވެ.

އެގޮތުން ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ހައިކޯޓްގެ ބައެއް މައްސަލަތަކާއި ގުޅޭގޮތުން އަލީ ޒާހިރު ފަނޑިޔާރު ޝުޖާއުއާއިވެސް ގުޅުއްވި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ތަކުރާރުކޮށް ގުޅުއްވާތީ އެމަނިކުފާނުގެ ލީގަލް އޮފިސަރާއި ދިމާލަށް ފޯނުވެސް އެއްލާލެވުނު ކަމަށެެވެ. 

" އެއްދުވަސް، ދެ ދުވަސް، ތިން ދުވަސް ކީއްކުރަންތޯ ވަރަށް ގިނަ ފަަހަރު އަޅުގަނޑާ ގުޅުއްވި. އެކަމާއި އަޅުގަނޑު ހިތްހަމަނުޖެހިގެން އަޅުގަނޑުގެ ލީގަލް އޮފިސަރާއި ދިމާއަށް މިހެން ފޯނުވެސް އެއްލާލިން، މިބޭފުޅުންނޭ މީގެ ކުރީން ތިމަންނަމެން ނުފޫޒު ނުފޯރުވާނަމޭ، މައްސަލަތަކާއި ނުބެހޭނެމޭ، ޖުޑީޝަރީ މިނިވަން ކުރަންވާނަމޭ ވިދާޅުވި ބޭފުޅުންނޭ މިއަދު މައްސަލަތަކާއި ގުޅިގެން މި ގުޅުއްވަނީ،" ފަނޑިޔާރު ޝުޖާއު ވިދާޅުވިއެވެ.

ފަނޑިޔާރު ޝުޖާއު ވިދާޅުވި އަލީ ޒާހިރު އެގޮތަށް ގުޅުއްވާއިރު މިވެނި މައްސަލައެއް، މިވެނި ގޮތަކަށް ގެންދާށޭ ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއޭ އަލީ ޒާހިރު ވިދާޅުވާ ކަމަށެވެ. އެއީ ތެދެއްކަން ކަށަވަރުކޮށްދެން އަލީ ޒާހިރުގެ ކުރިމަތީގައި އެވާހަކަތަށް ދައްކަން ކެރޭނެ ކަމަށްވެސް ފަނޑިޔާރު ޝުޖާއު ވިދާޅުވިއެެވެ. ފަނޑިޔާރު ޝުޖާއު ވަނީ އެކަމާއި ވާހަކަދައްކަވަން އެމަނިކުފާނާއިއެކު ވަޑައިގެންނެވުމަށް އަލީ ޒާހިރަށް ގޮވާލައްވާފައިވެއެެވެ. 

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ އެންމެ އަދުލްވެރި ހުކުމެއް ނޫން ކަން ފާހަގަކުރަމުން އަލީ ޒާހިރު ފަނޑިޔާރުންނަށް އެކި މައްސަލަތަކުގައި ނުފޫޒު ފޯރުވާކަަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުވެސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. 

އެގޮތުން ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށް ނަޖީބު ވިދާޅުވިއެވެ. 

31%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް