
އެ ފިލްމުގެ ކާސްޓާއި ކްރޫ ތުރުކީއަށް ގޮސް ޝޫޓިން ފެށީ ރަޝިޔާގައި ފިލްމުގެ މުހިއްމު މަންޒަރުތަކެއް ޝޫޓްކުރުމަށް ފަހު އެވެ.
ސަލްމާނާއި ކެޓްރީނާ ލީޑު ރޯލުން ފެނިގެންދާ އިރު “ޓައިގާ 3”ގެ މުހިއްމު ރޯލަކުން އިމްރާން ހާޝްމީ ވެސް ފެނިގެންދާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ކުޅޭނީ ވިލަން އެއްގެ ރޯލެވެ.
މަނީޝް ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިންތައް ތުރުކީގައި ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްދާނެ ކަމަށް ލަފާކުރާއިރު ކެޓްރީނާ އާއި ސަލްމާން ވަނީ އެ ގައުމުގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެޓް ނޫރީ އާ ވެސް ބައްދަލު ކޮށްފައެވެ.
ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ތާރީހު އިއުލާނު ނުކުރި ނަމަވެސް ވަރަށް ފަހުން ސަލްމާން އެ ފިލްމުގައި ފެންނާނެ ލުކްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެއީ ރަޝިޔާގެ ޝޫޓިންގެ ތެރެއިންނެވެ.
“ޓައިގާ 3” ރިލީޒްކުރެވޭނީ 2022 ވަނަ އަހަރުގައި ކަމަށް ފިލްމުގެ ޓީމުން އުންމީދު ކުރާއިރު އެ ފިލްމަށް ބެލުންތެރިން ކުރާ އުންމީދު ބޮޑެވެ.