ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ބޮކަރުމާ ހިނގުމުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް ހިނގި ކަމުގެ މައުލޫމާތު މިއަދު 9:44 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ލިބުނު އަނިޔާތަކަށް މިވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.
މިއަދު ހިނގި އެ އެކްސިޑެންޓުގައި ކާރާއި ސައިކަލް ދުއްވަން ތިބި ދެމީހުންނަކީ ވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ދަނީ އެކްސިޑެންޓް ހިނގާ ދިޔަ ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.