ads
ލަމްގެ ބަނޑުބޮޑު ފޮޓޯތަކެއް…ފޮޓޯ ސޯޝަލް މީޑިއާ
ލަމްއަށް ލިބެނީ ކޮން ކަހަލަ ކުއްޖެއް؟ ޖިންސް ގެސްކުރަން ފޭނުންނަށް!
މަޝްހޫރު ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފްގެ "ޕްރެގްނެންސީ" ދުވަސްތައް އެންމެ ފޯރީގައި ޝެއާ ކުރަނީ އިންސްޓަގްރާމް އަށެވެ. ބަނޑަށް ކޮންމެ މަހެއް ފުރުމާއެކު ހިތްގައިމު ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައެވެ.
Advertisement

އެންމެ ފަހުން ސޯޝަލް މީޑިއާގައި ލަމް ހާމަ ކުރި ދެ ފޮޓޯ އަކާއެކު އޭނާ މިވަނީ އަލަތު ދަރިފުޅުގެ ޖިންސް ގެސް ކޮށްލުމަށް ފަހު ލަމްގެ ޕޯސްޓަށް ކޮމެންޓު ކުރުމަށް އެދިފައެވެ.

ހީވަނީ ފިރިހެން ކުއްޖެއް ނަމަ ނޫކުލައިގެ ހިތް އަދި ލިބޭނީ އަންހެން ކުއްޖެއް ކަމަށް ހީވާ ނަމަ ފިޔާތޮށި ކުލައިގެ ހިތް ކޮމެންޓް ކުރުމަށް ބުނެފައިވާ އެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. 

މިހާތަނަށް ދާދި އެއް ވަރަކަށް ކޮމެންޓް ލިބިފައިވާ އެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ ލައިކްކޮށްފައެވެ. އެގޮތުން ހަތަރު ހާހަށް ވުރެ ގިނަ މީހުން ލަމްގެ އެ ޕޯސްޓަށް ލައިކް ކޮށްފައިވެއެވެ.

ބަނޑުބޮޑު ދުވަސްވަރުގެ އެންމެ ފަހުގެ ދުވަސްތައް ލަމް ގުނަމުންދާއިރު އޭނާ ވަނީ މިހާރު ދަރިފުޅު ދެކިލާހިތުން ކެތް މަދުވެފައިވާ ކަމަށް ވެސް ހާމަކޮށްފައެވެ. 

މީގެ ކުރިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ މިހާރު ވެސް ދަރިފުޅަށް ލޯބި ދެމުންދާ ކަމަށާއި ދަރިފުޅު ގެންގުޅެލަން އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ.

your imageލަމް އާއި މުއާ ދުބާއީގައި…ފޮޓޯ/އިންސްޓަގްރާމް

ދާދި ފަހަކުން ބޭބީ ޝަވަ އެއްވެސް ކުލަ ގަދަކޮށް ފާހަގަ ކުރި އިރު ލަމް ވިހާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ ތެރޭގައެވެ.

ލަމް އާއި އަހުމަދު މުއާޒު(ކުޑަ މުއާ) 2017 ވަނަ އަހަރުގެ ތެރޭ ކައިވެނި ކުރިއިރު އެ ދެމަފިރިން އަންނަނީ ގިނަ ގައުމުތަކަށް ދަތުރު ކުރަމުންނެވެ. ބަނޑު ބޮޑުވި ފަހުން ދާދި ފަހަކުން ދުބާއީ ގައިވެސް އެދެމީހުން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

52%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް