ads
ސުޕާރީގެ ބަދަލުގައި ކާންވީ މީތި!
ދުފުމާއި ސުޕާރިކެއުމަކީ ވަރަށް ގިނަބައެއްގެ އާދައެކެވެ.
ދުފުމާއި ސުޕާރި ކެއުމަކީ ވަރަށް ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް މިއީ ވަރަށް ގެއްލުން ހުރި ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން ދުފުމަކީ ވަރަށް ގިނަ ގޮތް ގޮތުން ހަށިގަނޑަށް ގެންލުންދެނިވި ކަމެކެވެ. އަނގައިގެ، ކަރުތެރޭގެ އަދި ގޮހޮރުގެ ކެންސަރަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ. ސުޕާރިއަކީ އޭގައި ހަށިގަނޑަށް ގެއްލުން ލިބޭ އަދި ދެވިހިފާ މާއްދާތައް އެކުލެވޭ އެއްޗެކެވެ. ސުޕާރި ކާން ދެވި ހިފަނީ އެހެންވެ އެވެ.

ގިނަ މީހުން ސުޕާރި ކަނީ ނުވަތަ ދުފަނީ އަނގަ މީރު ކޮށްލުމުގެ ނިޔަތުގަ އެވެ. އެހެންކަމަށްވާ ނަމަ، އަނގަ މީރު ކޮށްލުމަށްޓަކައި ސުޕާރީގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބޭނުންކުރުން މާ ރަނގަޅު ވާނެ އެވެ.

ސުޕާރި ކެއުން ނުވަތަ ދުފުމުގެ ބަދަލުގައި ފޮނިތޮށި ކޮޅެއް ހަފާލުން މާ ރަނގަޅު ވާނެ އެވެ.

ފޮނިތޮއްޓަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ފޮނިތޮށީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން، ކޮލެސްޓްރޯލް ދައްކޮށްދީ، ހޯމޯން ބެލެސް ކުރުމަށް އެހީވެދީ، ހަކުރުބަލި ފަދަ ބަލިތަަކަށް ވެސް ފަރުވާއަކަށް ވެއެވެ.

އަދި ފޮނިތޮށި ބޭނުން ކުރުމުން އަނގައިން ނުބައިވަސް ދުވުން ދުރުކޮށްދީ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ފައިދާ ލިބެ އެވެ.

އަދި މީގެ އިތުރުން ފޮނިތޮއްޓަކީ ހަމުގެ ބަލިތަކުން ދުރުކޮށްދީ ޒުވާންކަން ދެމެހެއްޓުމަށް އެހީވާ އެއްޗެއް ކަމުގައި ވެސް ވެއެވެ.

ފޮނިތޮއްޓަކީ ހަކީމީ ބޭހުގައި ވެސް އަދި ކާތަކެތީގެ ރަހަމީރު ކުރުމުގަ އިވެސް ވަރަށް އާންމުކޮށް ބޭނުން ކުރާ އެއްޗެކެވެ.

ނަަމަވެސް ފޮނިތޮށި ވެސް މާ ގިނައިން ބޭނުން ކުރާ ނަމަ އެއިން ހަށިގަނޑަށް ލިބޭ ފައިދާގެ ބަދަލުގައި ގެންލުން ލިބުން ވެސް އެކަށީގެން ވެއެވެ. އެހެންކަމުން އަނގަމީރު ކޮށްލުމަށްޓަކައި ފޮނިތޮށި ކާން ވާނީ ކޮންމެ ފަހަރަކު ވެސް ކުޑަ އެތި ކޮޅެކެވެ. އަދި އެއްވެސް އެލާޖިކެއް ނުވަތަ އުނދަގުލެއްވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.
86%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް