ads
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު-- ފޮޓޯ: ސަން/ ފަޔާޒް މޫސާ
އަޅުގަނޑަށް ތުހުމަތުގެ އިނގިލި ދިއްކުރަނީ ފިނޑިކަމުން: އަލީ ޒާހިރު
ފަނޑިޔާރުންނަށް ނުފޫޒުފޯރުވާކަމުގެ ތުހުމަތުގެ އިންގިލި ދިއްކުރަނީ ފިނޑިކަމުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ހާޒިރު ވިދާޅުވީ ސަރުކާރު ނުވަތަ ރައީސްއަށް ތުހުމަތުކުރުމުގެ ބަދަލުގައި ސީދާ އަލީ ޒާހިރަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދަނީ އެފަދަ ތުހުމަތުތައް ސަރުކާރަށް ކުރަން ޖެހިލުންވާތީ ކަމަށެވެ. 

"ވެދާނެ ސީދާ ރައީސްއަށް ނުވަތަ ސަރުކާރަށް އަމާޒުކޮށް ތުހުމަތު ކުރަން ނުކުރެނީ ކަމަށް. އެއީ ހަމަ ފިނޑިކަމުން" އަލީ ޒާހިރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ މިހާރު ދެކެވެމުންދާ ހުރިހާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޔޯލަ ވާހަކަތަކެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި މިފަދަ ވާހަކަތަކަށް ރައްދު ދޭން ނުޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. 

އަލީ ޒާހިރު ފަނޑިޔާރުންނަަަށް ގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށާއި، ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ގުޅުއްވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން ތަކުރާރުކޮށް ގުޅުއްވާ ނުފޫޒު ފޯރުވި ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އިއްޔެ ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް