ads
“އާޔީ އާޔީ ބޫތް ޕޮލިސް”ލަވައިގެ ޕޯސްޓަރެއް…
"ބޫތު ޕޮލިސް"ގެ ޓައިޓަލް ލަވައަށް 21 މިލިއަނަށްވުރެ ގިނަ ވިއުސް!
ޕަވަން ކިރްޕަލާނީ ޑައިރެކްޓް ކޮށްފައިވާ "ބޫތް ޕޮލިސް"ގެ ޓައިޓަލް ލަވަ “އާޔީ އާޔީ ބޫތް ޕޮލިސް” އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ލަވަ ރިލީޒްކުރިތާ އަދި ހަފްތާއެއް ވީއިރު އެ ޔޫޓިއުބް މެދުވެރިކޮށް އެކަނި ވެސް 21 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ލަވަ ބަލާފައެވެ.

“އާޔީ އާޔީ ބޫތް ޕޮލިސް” އަކީ ވިޝާލް ދަދުލާނީ އާއި ސުނީދީ ޗޯހަން ކިޔާފައިވާ ލަވައެކެވެ.

ރެމޯ ޑި ސޫޒާ ކޮރިއޯ ހަދާފައިވާ އެ ލަވައިން ފޯރި ގަދަ ނެށުމުގެ ހަރަކާތްތައް ފެންނަ އިރު ފިލްމުގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ހާން އާއި އަރުޖުން ކަޕޫރު އަދި ޖެކްލިން ފެނަންޑޭޒް ފެނިގެންދެއެވެ.

އެ ތިން ތަރިންގެ އިތުރުން ޔާމީ ގޯތަމްގެ ވެސް މުހިއްމު ރޯލެއް އެ “ބޫތް ޕޮލިސް” އިން ފެންނާނެ ކަން އިއުލާނުކޮށްފައިވާއިރު ޔޫމީ ޓައިޓަލް ލަވަ އަކުން ނުފެނެއެވެ.

ސިލްސިލާކޮށް ގެނެސްދޭ "ރޭސް" ފްރެންޗައިޒްގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ޕްރިމިއާކުރާނީ މި މަހުގެ 17 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮސްޓާ އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް