ads
ޕްރިޔަންކާ އަދި ނިކްގެ ދެ ވައްތަރުގެ ކައިވެނި-
ކައިވެނީގެ ކަމަކަށް ނިކް އެކަނި ހަރަދު ކުރީ އެންގޭޖްމެންޓް ރިންގްއަށް އެކަނި: ޕްރިޔަންކާ
ބޮލީވުޑްގެ އިތުރުން މިހާރު ހޮލީވުޑުން ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޕްރިންޔަންކާ ޗޯޕްރާ ކައިވެންޏަކީ އެތައް ޒުވާން ފިރިހެނުންގެ ހިތް ރޮއްވާލި ކައިވެންޏަަކަން ޔަގީނެވެ. އެއީ ދުވަހުވެސް ބަޔަކު ހަދާން ނުނެތޭނެ ވަރުގެ ފުރިހަމަ އަދި އަގުބޮޑު ކައިވެންޏެކެވެ.
Advertisement

ދާދި ފަހުން އޮތް ޕްރެސް ކޮންްފަރެންސް އެއްގައި ޕްރިޔަންކާ ވަނީ ކައިވެނީީގެ ހުރިހާ ކަމަކަށް ހަރަދުކޮށްފައިވަނީ ނިކް ކަމަށް ގިނަ ބަޔަކު ބުނާ ވާހަކަތަކަށް ރައްދުދީފައެވެ. 

އެގޮތުން ޕްރިޔަންކާ އޭނާ ގަބޫލްކުރާ ގޮތުގައި ކައިވެނީގެ ކަންކަމުގައި ދެމަފިރިންގެ ބައިވެރިވުން އޮންނަން ވާނީ އެއްވަރަކަށެވެ. އަދި އޭނާގެ ކައިވެންޏަށް ވެސްް ހަރަދުކުރީ ނިކް އާ ދެމީހުން އެއްވަރަކަށް ކަމަށާއި ނިކް އެކަނި ހަރަދުކުރި އެއްޗަކަށް އޮންނާނީ އެންގޭޖްމެންޓް ރިންގް އެކަނި ކަމަށް ޕްރިޔަންކާ ބުނެެއެވެ. 

އުފާވެރިކާއެކު މިހާރު ދެ އަހަރު ހޭދަކޮށްފައިވާ ޕްރިޔަންކާ ވަނީ އެހެން މީހުންވެސް އެގޮތަށް ކަންކުރުމަށް ގޮވާލާފައެވެ.

ނިކް ދިން އެންގޭޖްމެންޓް ރިންގްގެ އަގު 3 ލައްކަ ޑޮލަރުގައި އުޅޭ އިރު މި ދެތަރިން ކައިވެންޏަށް ވެސް ބޮޑު ހޭދައެއްކޮށްފައި ވެއެވެ. އެގޮތުން ކައިވެނި ހަފްލާއަށް އައި ގެސްޓުން ބައިތިއްބަން 460،000 ޑޮލަރު ހޭދަކޮށްފައި ވެއެވެ،

ކުލަގަދަކޮށް ކުރިއަށް ދިޔަ ޕްރިޔަންކާ-ނިކް ޖޮނަސް ގެ ކައިވެނި ކްރިސްޓިއަން އަދި ހިންދޫ ކޮންސެޕްޓަކަށް ކުރިއަށް ގެންދިޔަ އެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އާލިއާ އަދި ކެޓްރީނާ އެކު ފަރްހާން އަހްތަރު ޑައިރެކްޓްކުރާ ފިލްމު ޖީލޭ ޒަރާއިންނެވެ.

19%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް