މި މައްސަލާގައި ފުލުހުން މިއަދު އާއްމުކުރި ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ ގިދުހެދުމަށް ލައިގެން ހުރި އަންހެނެކެވެ. މި ވީޑިއޯއިން ފެންނަނީ ރެސްޓޯރަންޓެއްގެ އެތެރޭގެ މަންޒަރެއް ކަމަށް ބެލެވެއެވެ.
ފުލުހުން ބުނީ ވިޑިއޯ އިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން -/180،000ރ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.
މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.