ads
ފްލައިން ސްކޫލް- ފޮޓޯ: ސޯޝަލްމީޑިއާ
ފްލައިން ސްކޫލު ދަރިވަރުންގެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި
އައްޑޫގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނާއި އެ ފްލައިން ސްކޫލު ހިންގުމާއި އަލަށް ހަވާލުވި އެވިޑް ފްލައިން ސްކޫލުގެ އިސްވެރިންނާދެމެދު ބޭއްވި ބައްދަލުވުން ހޫނުވެ، ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.
Advertisement

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި އެވިޑު ކޮލެޖުގެ ފަރާތުން ބައިވެރިވެޑައިގެންނެވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އާއި އެވިޑް ސްކޫލް އޮފް އެވިއޭޝަން (އާސާ) ގެ ޑީން މުހައްމަދު ޝަރީފް އެވެ. 

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ އާސާގެ ބޭފުޅުންނަށް ސުވާލު ފުންޏެއް ބަންޑުންކޮށްލާފައެވެ. އެގޮތުން ދަރިވަރުން ވަނީ ސްކޫލު ހިންގުމުގެ ހުއްދަ ނެތީސް މިފަދަ ބައްދަލުވުމެއް އެވިޑުން ބާއްވާ ސަބަބާއިމެދު ސުވާލު އުފައްދާފައެވެ. އަދި ހަމައެހެންމެ އާ ކޮންޓްރެކްޓަރ ހޯދުމަށް ކުރާ މަސައްކަތާއި، ސްކޫލުގެ ހިންގުން ގަމުގައި ކުރިއަށް ނެގެންދެވިއްޖެ ހާލަތެއްގައި ދެން ކަންތައް ކުރަން ރާވަމުންދާ ގޮތާއި މެދު މެދު ވަސް ދަރިވަރުން ސުވާލުކޮށްފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއޭއޭ އިން ވަނީ 95 ވަރަކަށް ދަރިވަރުންނަށް އެގްޒާމް ނިންމުމަށް ޑެޑްލައިނެއް ކަނޑައަޅާ މައިލް މެދުވެރިކޮށް ނޯޓިސްދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެގްޒާމްތައް ނުނިންމައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މި މެއިލްގައި އިންޒާރުދީފައިވެއެވެ. މިކަމާއި ގުޅިގެން ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ވެސް އެވިޑާއި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ދަރިވަރުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސްކޫލުގައި އެއާވޯތީ ފްލައިޓެއް ނެތް ކަމަށާއި އެންމެ ކުޑަމިނުން "ސްޓަޑީ މެޓީރިއަލް" ވެސް ހަވާލުކުރެވިފައިނުވާއިރު ކޮވިޑުގެ ސަބަބުން މޮނިޓަރިންގައި އޮތް އައްޑޫއަށް ދަރުވަރުން ގެނެސް ކުރަން އުޅޭކަމެއް ސާފުނުވާ ކަމަށެވެ. 

ދަރިވަރުން ކުރި ގިނަ ސުވާލުތަކަށް އެވިޑުގެ ފަރާތުން ޖަވާބެއް ނުދެވުނެވެ. އަދި ޖަވާބު ހޯދަން ތަކުރާރުކޮށް ދަރިވަރުން އެދެން ފެށުމުން އެންމެ ފަހުން މައިކްތައް ވަނީ މިއުޓްކޮށްފައެވެ. އޭގެ ފަހުން ދަރުވަރުން ޗެޓުމެދުވެރިކޮށް ކަންބޮޑުވުންތައް ހިއްސާކުރަން ފެށުމުން އެންމެފަހުން ވަނީ މިޓީން ނިންމާލާފައެވެ. 

ފްލައިން ސްކޫލުގެ މައްސަލަގައި ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާއިރު ބައެއް ދަރިވަރުން ވަނީ އޭއޭއޭއާއި ދެކޮޅަށް ކޯޓަށް ވެސް މައްސަލަ ވައްދާފައެވެ. ދަރިވަރުން ކޯޓަށް ވެއްދި މައްސަލާގައި އެދިފައިވަނީ ކޯސްފީގެ އިތުރުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް