ފެނަކައިން ވަނީ އިއްޔެ މިލަދޫ އަށް 400 ކިލޯ ވޯޓްގެ އާ ޖަނަރޭޓަރެއް ގެނެސްފައެވެ. މިއާއެކު މިލަދޫއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މިލަދޫގައި އާބާދީ އާ އެއްވަރަށް ކަރަންޓު ކެޕޭސިޓީ ނެތުމުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިގެން އެކަމުގެ ކަންބޮޑުވުން ރަށުގެ ރައްޔިތުން ވަނީ ފެނަކަ އަށް ފާޅުކޮށްފައެވެ.
ފެނަކާ މިލަދޫ ބްރާންޖުން މައުލޫމާތު ދޭގޮތުގައި ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކުރެވުނު މައްސަކަތުގައި ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު ޔޫނުސް އަލީގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވެއެވެ.
ފެނަކާއިން ބުނިގޮތުގޮތުގައި މި ޖެނެރޭޓަރު މިލަދޫ އިންޖީނުގޭގައި އިންސްޓޯލް ކުރުމާއެކު ޖެނެރޭޓަރުން ކަރަންޓުގެ ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ.