ads
ދަރަނބޫދޫ ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި- ފޮޓޯ: އެމްޓީސީސީ
ދަރަނބޫދޫ ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިއްޖެ
ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފ. ދަރަނބޫދޫގެ ހާބަރ ޕޭވްމަންޓް ހެދުމުގެ ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ،

އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތް 4 ސެޕްޓެމްބާ 2021 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް-ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް އެމްޓީސީ އިން ބުނެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިިވާ މި މަޝްރޫއުއަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 

ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ އެމްޓީސީސީއަކީ ރާއްޖޭގައި ޓްރާންސްޕޯޓް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރަން އުފެދުނު ފުރަތަމަ ޕަބްލިކް ކުންފުންޏެވެ.

އަދި އެމްޓީސީސީން ދަނީ ހދ. ކުޅުދުއްފުށި ހޮސްޕިޓަލް ހެދުމުގެ މަސައްކަތާއި، މ.މުލީގައި އެއަރޕޯޓު ހެދުމުގެ މަސައްކަތާއި، ހއ. ދިއްދޫގެ ބަނދަރުގެ މަސައްކަތާއި، ބ.ފުޅަދޫ އަދި ތ. ގުރައިދޫގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ރ. އުނގޫފާރު މަގުހެދުމުގެ މަސައްކަތްތާއި، ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް