ads
ސަފާރީ ޕެރެޑައިވް…
ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ހާލު ދެރަވެގެން ފަރުވާދެނީ
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

މާލެ އަތޮޅު އެނބޫދޫ ފަޅު ކައިރިން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. 

އެ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ އެ ސަފާރީ އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި ފަތުރުވެރިޔާ، މިއަދު 15:15 ހާއިރު މާލެ ގެނެސްދީފައެވެ.

ޖަރުމަނުގެ އެ ފަތުރުވެރިޔާ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

އެމް އެންޑީއެފުން ބުނީ "ސަފާރީ ޕެރަޑައިވް" ނަމަކަށް ކިޔުނު ސަފާރީގައި ހުރި އުމުރުން 49 އަހަރުގެ ޖަރުމަން ފަތުރުވެރިޔާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މައުލޫމާތު ލިބުނީ މިއަދު 14:10 ހާއިރު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް