ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނީ ކުރެއްދޫގެ ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ހޮސްޕިޓަލުގެ ނަރުހަކާ ޑޮކްޓަރަކުއެ ރިސޯޓަށް ގޮސްފައިވާ ކަމަށެވެ.
ފަރުތުރުވެރިޔާއާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އެއީ އުމުރުން 40 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ފަތުރުވެރިޔާ ފެނުނު އިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:40 ހާއިރު އެވެ.
ޅ އަތޮޅު ހޮސްޕިޓަލުން ބުނީ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.