ads
ހަނިމާދޫ ކައުންސިލަށް ނޭނގި މީހަކަށް ދީފައިވާ ބިން
ޑރ މުއިއްޒުގެ މިނިސްޓަރު ކަމުގައި ހަނިމާދޫން ބޮޑު ބިމެއް ދިން މައްސަލައެއް ފެންމަތި ވެއްޖެ
ހދ. ހަނިމާދޫ ހަނިހޭޅި ސަރަހައްދުން ބޮޑު ބިމެއް ހއ. ތަކަންދޫ ރައްޔިތަކަށް ދީފައިވާ މައްސަލައެއް ހަނިމާދޫ ކައުންސިލުން ފެންމަތިކޮށްފި އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ބިން ދީފައިވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި އެމައްސަލަގައި ކައުންސިލަށް އެއްވެސް ލިޔެ ކިއުމެއް ލިބިފައި ނުވާ ކމަށާއި ، ބިމެއް ދީފައިވާ ކަން އެނގުނީ ބިން ލިބުނު ފަރާތުން، އެބިން ހޯދުމަށް އެދި ސިޓީ ފޮނުވި ހިސާބުން ކަމަށެވެ. 

"ބިމެއް ދީފައި އޮތް ކަމެއް ކުރީގެ ކައުންސިލަށް ވެސް އެނގިފައިނުވާ ކަމަށް އެކައުންސިލު މެންބަރުންވެސް ބުނަނީ. އެއްވެސް ލިޔެ ކިއުމެއް މިކައުންސިލަށް ލިބިފައެއް ނުވޭ. ކައުންސިލަށް ނޭނގި ދީފައިވާ ބިމެއްމީ،" ފިރާގު ވިދާޅުވިއެވެ.

your imageމިނިސްޓްރީގެ ސިޓީ

މިބިން ދީފައިވަނީ 2015 ވަނަ އަހަރު އޭރުގެ ސަރުކަރުން ހުޅުވާލި ބިންވެރި ކުރުވުމުގެ ޕޮރޮގްރާމްގެ ދަށުން، ބިން މިލްކުކުރުމަށް / ކަނޑައެޅޭ މުއްދަތަކަށް ބިން ގަތުމަށް ( ލީސްހޯލްޑް އުސޫލުން ބިން ދޫކުރުން) ހުޅުވާލި ފުރުސަތުގައެވެ. 

ކައުންސިލުން ބުނީ އެމައްސަލާގައި ކައުންސިލުގެ ވިސްނުމަކީ ކޯޓަށް ދިއުންކަމަށެވެ. 

your imageބިން ލިބުނު މީހާ ކައުންސިލަށް ފޮނުވި ސިޓީ

މި ގޮތަށް ދޫކުރެވޭ ބިންތައް އެންމެ ކުރުކޮށްވެސް ދޫ ކުރެވެނީ 35 އަހަރުގެ މުއްދަތަށެވެ. އެ ބިން ހއ. ތަކަންދޫ ރައްޔިތަކަށް ދެވުނުކަން އެފަރާތަށް އަންގާފައި ވަނީ 2016 ވަނަ އަހަރު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑު އިންފްރާސްޓްރަކްޗަރގެ ސިޓީ އަކުންނެވެ.

14%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް