ads
ހައްޔަރުކުރަން އެދުނު ބައެއް އެކްޓަރުން
ރޭޕް ވިކްޓިމް އެއްގެ ނަން ހާމަ ކުރުމުން 38 އެކްޓަރުން ހައްޔަރުކޮށް ދައުވާ ކުރަން އެދިއްޖެ
ރޭޕް ވިކްޓިމް އެއްގެ ނަން ހާމަ ކުރުމުން ބޮލީވުޑް އަދި ތަމަޅަ ފިލްމު އިންޑަސްޓްރީ(ޓޮލީވުޑް) އެކްޓަރުން ހިމެނޭހެން 38 އެކްޓަރުންނާ ދެކޮޅަށް ނިއުދިއްލީގެ ވަކީލަކު ކޯޓުގައި ދައުވާކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން އިންޑިއާގެ ހައިދަރުއާބާދުގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް، މަރާލައި އަދި ދިރިހުއްޓާ އަލިފާން ޖައްސާފައިވެއެވެ. އަދިވެސް އެ ހަދާންތައް ހައިދަރުއާބާދުގެ މީހުންގެ ހިތްތަކުން ފިލައިގެނެއް ނުދެއެވެ. 

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެ މައްސަލާގައި ދިއްލީގައި އުޅޭ ވަކީލަކު ވަނީ ސޯޝަލް މީޑިއާގައި ވިކްޓިމްގެ ނަން ހާމަކުރިކަމަށް ބުނެ 38 ބޮލީވުޑް އަދި ޓޮލީވުޑް ފިލްމު އެކްޓަރުން ހައްޔަރުކުރަން ކޯޓުގައި އެދިފައެވެ.

ދެކޮޅަށް މައްސަލަ ހުށަހެޅި މީހުންގެ ތެރޭގައި އަނުޕާމް ކޭރް، ފަރްހާން އަހްތަރު، އަޖޭ ދޭވްގަން، އަކްޝޭ ކުމާރު، ސަލްމާން ހާން، މަހަރާޖާ ރަވީ ތޭޖާ، ރަކުލް ޕްރީތު ސިންގް، އައްލޫ ސިރިޝް، ޗާމްނޭ ކައުރު،  އަދި ވެސް އެ މައްސަލަ އާ ގުޅިގެން ޓްވީޓް ކުރި އެހެން މަޝްހޫރު ސެލެބްރިޓީން ހިމެނެއެވެ. މި މައްސަލަ ހުށަހަޅާފައި މިވަނީ އިންޑިއާގެ ކޯޓަކުން ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ ނަން ހާމަކުރުމަކީ ކުށެއްކަމަށް ނިންމާފައި ވަނިކޮށެވެ. 

ދިއްލީގެ ލޯޔަރެއް ކަމަށްވާ ގައުރަވް ގުލާޓީ ވަނީ އިންޑިއަން ޕީނަލް ކޯޑްގެ 228 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ސަބްޒީ މެންދީ ޕޮލިސް ސްޓޭޝަނަށް ވެސް ހުށަހަޅާފައެވެ.  އަދި އެ ސެލެބްރިޓީންނަކީ ޒިންމާދާރު ރައްޔިތުން ނޫންކަމަށް ބުނެ ތީސް ހަޒާރީ ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.

ގުލާޓީ ވަނީ ގާނޫން ރޭޕް ވިކްޓިމް އެއްގެ ނަން ހާމަކުރުމަކީ ކުށެއް ކަމަށް ބުނެފަވީނަމަވެސް އެ ސެލެބްރިޓީން ރޭޕް ވިކްޓިމްގެ ނަން ހާމަކުރިކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެމީހުންނާ ދެކޮޅަށް ހުށަހެޅި މައްސަލަައިގައި ވަނީ އެހެން މީހުންނަށް މިސާލަކަށް ވާން ތިބި މީހުން ޓްވީޓްކޮށް ވިކްޓިމްގެ ނަން ހާމަކޮށްފައިވާތީ އެމީހުން ވަގުތުން ވަގުތަށް ހައްޔަރުކުރަން ޖެހޭ ކަމަށެވެ. އަދި ވިކްޓިމްގެ ޕްރިވެސީ ރައްކާތެރިކުރުމުގައި އެއްވެސް ވަރެއްގެ ޒިންމާދާރުކަމެއް އެމީހުންގެ ކިބައިގައި ނެތްކަމަށް މައްސަލާގައި ބުނެއެވެ. 

27%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް