އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު 2:30 ހާއިރު ކަލާފާނު ސްކޫލްގެ ދެ ދަރިވަރުންގެ މެދުގައި “ހިނގި ހާދިސާއެއްގައި” އެއް ދަރިވަރެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވި ދަރިވަރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވުނު ކަމަށާއި މިހާރުވެސް އެދަރިވަރަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލަ ކަލާފާނު ސްކޫލާއި ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.