ads
ކަރީނާ އާ ސައިފް އަދި އަރުޖުން
ކަރީނާ އެންމެ ފަސޭހައިން ހަމަޖައްސާލެވޭނެ ގޮތް އަރުޖުން ކިޔާދީފި
އަރުޖުން ކަޕޫރު އާއި ސައިފް އަލީ ހާން އަންނަނީ އެމީހުންގެ ކުރިއަށް އޮތް ފިލްމު ބޫތު ޕޮލިސްގެ މަސައްކަތް ނިންމާލުމަށް ފަހު އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި ބުރަކޮށް އުޅެމުންނެވެ.
Advertisement

ފިލްމު ޕްރޮމޯޝަންގައި އުޅެމުން ސައިފް އާ އަރުޖުން ވަނީ އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން ނޫސްވެރިއަކު ވަނީ ކަރީނާ ދެރަވީމާ ހަމަޖައްސަން ކުރަނީ ކޮންކަމެއްތޯ ސައިފް ކައިރިން އަހާފަ އެވެ. 

ސުވާލަށް ސައިފް އަށް ޖަވާބެެއް ނުދެވެނީސް އަރުޖުން ވަނީ އެ ސުވާލަށް ޖަވާބުދީފަ އެވެ.

އެގޮތުން އަރުޖުން ބުނީ ކަރީނާ އެންމެ ފަސޭހައިން ހަމަޖައްސާ ލެވޭނީ ލަންޑަނަށް ގެންދިޔުމުން ކަމަށެވެ. 

އަރުޖުން އެހެން ބުނުމާއެކު ސައިފް ވަނީ ހިނިގަނޑެއް ޖަހާފަ އެކަމަށް އެއްބަސްވެފައެވެ. 

އަރުޖުން އާ ސައިފް އަދި ކަރީނާ އާމެދު ގާތް ރަހުމަތްތެރިކަމެއް އޮވެއެވެ. އެހެން ކަމުން އެއީ ތެދެއް ކަމަށް ބެލެވެއެވެ. 

ސައިފް އާ އަރުޖުންގެ ކުރިއަށް އޮތް ފިލްމު ބޫތު ޕޮލިސްގައި ދެން ފެނިގެންދާނީ ޖެކުއަލިން ފެނަންޑޭޒް އަދި ޔަމީ ގައުތަމް އެވެ.

ކުރިން އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 17 ގައި ނަމަވެސް މިހާރު ކުއްލި ސަޕްރައިސްއަކާއެކު އެ ފިލްމު ރިލީޒްކުރާ ޑޭޓް ވަނީ މި މަހުގެ 10 އަށް އަވަސްކޮށްފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް