ads
ކަޅުދިޔަފުށި ރިސޯޓް
ބީއެމްއެލް އިން ކަޅުދިޔަފުށި ރިސޯޓް ވިއްކާލަނީ
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަޅުދިޔަފުށި ރިސޯޓް ވިއްކާލަން ނިންމައިފިއެވެ.
Advertisement

ބީއެމްއެލް އިން ބުނީ އެ ރިސޯޓް ހިންގަމުންއައި ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެ ބޭންކާއެކު ހަދާފައިވާ ފެސިލިޓީ އެގްރީމެންޓާ ހިލާފުވެފައިވާތީ ސިވިލް ކޯޓުން ވަނީ އެ ކުންފުނިން ބޭންކަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް އެ ކުންފުނިން ރަހުނުކޮށްފައިވާ މުދާތައް ވިއްކާލުމުގެ ހުއްދަ ދީފައެވެ.  

އެހެން ކަމުން ބީއެމްއެލް އިން ވަނީ އެ ކުންފުނިން މޯގޭޖުކޮށްފައިވާ ކަޅުދިޔަފުށި ރިސޯޓް ބީލަމުގެ އުސޫލުން ވިއްކާލަން ނިންމާފައެވެ. 

ކަޅުދިޔަފުށި ރިސޯޓަކީ 2015 ވަނަ އަހަރުގެ އޮގަސްޓް 24 އިން ފެށިގެން ޓުއަރިޒަމް މިނިސްޓްރީން ހުރަވީ އިންޓަނޭޝަނަލް އަށް 50 އަހަރަށް ލީސް އެގްރީމެންޓެއްގެ ދަށުން ދޫކޮށްފައިވާ ރަށެކެވެ.  

އަދި ވެސް ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގެ ގޮތުގައި އޮތް ކަޅުދިޔަފުށި ރިސޯޓް ބީއެމްއެލް އިން ވިއްކާލަން ނިންމާފައިވަނީ އިތުރު އުނިއިތުރުކަމެއް ގެނައުމެއް ނެތިއެވެ. 

ބީއެމްއެލް އިން ބުނީ އެ ރިސޯޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރު 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ވާނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ވާނީ ފާހަގަ ވާ ގޮތަށް ސީލް ކުރެވިފައިވާ ސިޓީ އުރައިގައެވެ. 

ރިސޯޓްގެ ގަންނަ އަގު ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. 

ބިޑް ކާމިޔާބު ކުރާ ފަރާތަކުން ރިފަންޑް ނުކުރެވޭ ގޮތަށް 100،000 ޑޮލަރު ވަގުތުން ބޭންކަށް ދައްކަން ޖެހޭނެ އެވެ، 

ބޭންކު އޮފް މޯލްޑިވްސް އިން ވަނީ އެ ކަޅުދިޔަފުށި ރިސޯޓް ވިއްކާލުމުގައި ކަނޑައަޅާފައިވާ ޝަރުތުތައް މިއަދު އާންމުކޮށްފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް