އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން އުޅޭތީ ފުލުހުންނަށް މައްސަލަ ހުށެހެޅިފައިވާ މީހެކެވެ.
އާންމުވެފައިވާ ވީޑިއޯ އާ ގުޅިގެން އެމީހާ އާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް އަންހެން ހެދުން އަޅަައިގެން ޓިކްޓޮކް ކުޅެ، އެމީހާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ބައެއް މީހުންނަށް އެކަން ވަނީ މަޖާކަމަކަށް ވެފައެވެ. ނަމަވެސް ގިނަ މީހުން އަންނަނީ އެމީހާ އާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ އެކާމާ ނުރުހުން ފާޅުކުރަމުންނެވެ.
އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާ ގުޅޭ ގޮތުން ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ.”
މާނައަށް ބަލައިލުމުން ވެސް އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް ހުރި ނުބައިކަން އެނގިގެން ދެއެވެ.