ads
ރައީސް ރ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވނީ
ރ. އަތޮޅު ކައުންސިލުން ވެސް ބޭނުންވަނީ ފަޅުރަށެއް
ރ. އަތޮޅުގައި ހުރި ފަޅުރަށްރަށުގެ ތެރެއިން އަތޮޅު ކައުންސިލުގެ ބޭނުންތަކަށް ރަށެއް ހަމަޖައްސައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް އެއަތޮޅު ކައުންސިލުން ހުށަހަޅައިފިއެވެ.
Advertisement

ރައީސް ސޯލިހް ރ އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރ އަތޮޅު ކައުންސިލާއި ރައްޔިތުންނަށް ބޭނުންވާ މުހިންމުކަންކަން އަތޮޅު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ރ އަތޮޅު ކައުންސިލުގެ ރައީސްއާއި ނައިބު ރައީސް އަދި އިތުރު މެންބަރަކު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ރައީސް އިއްޔެ ވާދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރ ވާދޫ ކައުންސިލުގެ އިދާރާގައެވެ. 

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެގޮތްވުމާއި، އަތޮޅަށް ސްޕީޑްފެރީގެ ހިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައް ހިމެނެއެވެ. 

މީގެ އިތުރުން އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު މަގުތައް ހެދުމާއި އެރަށުގައި ހަދާފައިވާ އިސްލާމީ މަރުކަޒު ނުހުޅުވި ލަސްވާ މައްސަލައާ އަދި އުނގޫފާރުގެ ތަރައްގީއަށް މުހިންމު އިތުރު ކަންކަމާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި މަޝްރޫއުތަކާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތުތައް ކައުންސިލުގެ މެންބަރުންނާއި ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވަން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. 

ރައީސްދެކަނބަލުން މިހާރު ރ. ވާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ގއ. އަތޮޅު ކައުންސިލަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާތީ އެއަތޮޅުން ފަޅުރަށެއް ކައުންސިލަށް އާމްދަނީ ހޯދުމަށްޓަކައި ހަވާލު ކޮށްދެއްވުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް އެކައުންސިލުންވެސް އެދިފައިވއެވެ. އެކައުންސިލުން މިކަމަށް އެދިފައިވަނީ އޮގަސްޓް މަހު ފަހުކޮޅު ރައީސް ސޯލިހު އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. 

އަތޮޅު ކައުންސިލް ރައީސް އިބްރާހީމް ޝަހީން "ސީއެންއެމް" އަށް ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެކަން ހުށަހަޅާފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމާށާގުޅިގެން ރައީސް ވިދާޅުވެފައިވަނީ ރިސޯޓުތަކުން ލިބޭ އަމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް