ads
ރައްޓެހިވެގެން އުޅުނުއިރު މަކަރު ހެދިކަމުގެ ތުހުމަތު ފައިސަލަށް
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑާންސް ޝޯ، ނަޗް ބަލިޔޭ ނުވައެއްގައި ފެނިގެންދާ މަޝްހޫރު އެކްޓަރު އަދި ނެށުންތެރިޔާ ފައިސަލް ހާން އާއި އޭނާގެ ލޯބިވެރިޔާ މުސްކާން ކަޓަރިއާ ރުޅިވިތާ މާގިނަ ދުވަހެއް ނުވަނީސް މަކަރާއި އޮޅުވާލި ކަމުގެ ތުހުމަތު ފައިސަލުގެ މައްޗަށް މުސްކާން ކޮށްފި އެވެ.

ދެ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަކިވި ހަބަރު މުސްކާން ކަށަވަރުކޮށްދިން ނަމަވެސް ޖެހުނު މައްސަލައެއް ހާމައެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމީހުން ވަކިވިތާ މިހާރު 23 ދުވަސް ވެއްޖެ އެވެ. އެހާ ލޯބިން އުޅެމުން އައިސް ކުއްލިއަކަށް ދެމީހުން ވަކިވި ހަބަރު އިވި ސަޕޯޓަރުންނަށް ވެސް ވަނީ ހައިރާން ކަމެއް ގެނުވާފަ އެވެ.

ރުޅިވި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާގެ ނޫހަކަށް މުސްކާން ބުނީ އެންމެ ފުރަތަމަ ފައިސަލް އޭނާއަށް މަކަރު ހެދީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. އެގޮތުން އަންހެން ކުއްޖަކާ އޭނާއާ ދެމެދު ދައްކާފައި ހުރި ވާހަކަތައް ފަޅާއެރުމުން އެފަހަރު މައާފަށް އެދުމުން އޭނާ ވެސް ލޯބިވާތީ ދެވަނަ ފުރުސަތެއް ދޭން ނިންމީ ކަމަށް ވެސް ބުންޏެވެ.

އެގޮތުން ނަޗް ބަލިޔޭ ނުވައެއްގެ މުޅި ދަތުރުގައި އޭނާ ވަނީ މުސްކާނަށް އޮޅުވާލާފަ އެވެ. އެހެން އަންހެނެއްގެ ސަބަބުން އޭނާ މުސްކާން ދޫކޮށްލިއިރު އެކަމުގެ ސަބަބުން މުސްކާނަށް ވަނީ ފުން އަސަރެއް ކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ފައިސަލް ވަނީ ޑާންސް އިންޑިއާ ޑާންސް ލިޓްލް މާސްޓާސްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އަދި ޖަލަކް ދިކްލާޖާ ވެސް ކާމިޔާބު ކުރި ފައިސަލް ވަނީ ހަތްރޯން ކޭ ކިލާޅީގެ ހަތްވަނަ ސީޒަނުން ވެސް ފެނިގެންގޮސްފަ އެވެ.

މުސްކާނަކީ ވެސް ނެށުމުގެ އިތުރުން މޮޑެލް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ފަންނާނެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް