ads
ނައިރާ އަދި ކާތިކްގެ އިމޯޝަނަލް ސީންއެއްގެ ތެރެއިން
ޔޭރިޝްތާ ކިޔާ ކެހެލާތާގަ (ސީރަތް) ނައިރާ އަށް ބަދަލު ނުވާނެ ބާ؟
މީގެ އަށް މަސްކުރިން ޔޭރިޝްތާ ކިޔާ ކެހެލާތާ ސީރީޒްގައި ނައިރާގެ ރޯލުން ފެނިގެންދާ ޝިވާންގީ ޖޯޝީ އެ ސީރީޒްއިން ވަކިވީތޯ އެއީ ވެސް ގިނަ ބަޔަކު ކުރި ސުވާލެކެވެ. ނަމަވެސް ކަންވީ ވަރަށް ހީނުކުރާ ކަހަލަ ގޮތަކަށެވެ.

ނައިރާ ވަކިވުމާއި ގުޅިގެން ބެލުންތެރިން ކުރަމުން އައި ސުވާލުތަކުގެ ޖަވާބު ވެގެން ދިޔައީ އުފާވެރި ހަބަރަކަށެވެ. އެ ސިރީޒްގެ ޑައިރެކްޓަރުން ބުނެފައިވަނީ އަދި ނައިރާ އަނބުރި އަންނާނެ ކަމަށެވެ. އަދި ޝިވާންގީ ވެސް އެ ސީރީޒްއިން ވަނީ ވަކި ނުވާ ކަމަށް ވެސް ޑައިރެކްޓަރު ވަނީ ބުނެފަ އެވެ. ނާއިރާ އަނބުރި އަންނައިރު ބެލުންތެރިންނަށް ބޮޑު ސަޕްރައިޒް އެއްވެސް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ސްޓާ ޕްލަސްއިން ދައްކާ "ޔޭރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް މިހާރު 12 އަހަރު ފުރިފައިވާއިރު ޖުމްލަ 3453 އެޕިސޯޑް ވަނީ ބެލުންތެރިންނަށް ގެނެސްދީފަ އެވެ. އެ ސީރީޒް މާ ބޮޑަށް ދިގުދެމިގެންދާކަމަށް ބުނެ އެ ސީރީޒަށް އަމާޒުކޮށް ވަރަށް ހެއްވާ ވާހަކަ ވެސް ބެލުންތެރިން އަންނަނީ ދައްކަމުންނެވެ. 

your imageކާތިކް އަދި ނައިރާ

އެ މީހުން ބުނާގޮތުގައި ކާތިކް އާއި ނައިރާ ކައިވެނި ކުރުމަށް ފަހު އެ ދެ މީހުން ވަރިވެއެވެ. ދެން ނައިރާ ބަލިވެ އިންކަން އެނގުުމުން އަނެއްކާވެސް އެ ދެމީހުން ކައިވެނި ކުރެ އެވެ. ދެން އަނެއްކާވެސް އެ ދެ މީހުން ވަރިވެ އެވެ. ދެން އެދެމީހުން އާ ދިރިއުޅުމެއް ފަށަނީ އެހެން ދެ މީހަކާ އެކުގަ އެވެ.

ނަމަވެސް އެގޮތަށް ކައިވެނި މަތީ ދެ މިތިބެގެން ވެސް މި ދެމީހުން ގެ މެދުގައި ލޯބީގެ ގުޅުން އޮތުމުގެ ސަބަބުން އެ ދެކައިވެނި ވެސް ރޫޅެއެވެ. އެކަމަށް ފަހު ނައިރާ މަރުވަނީއެވެ. ކާތިކް އެހެން ބައިވެރިޔަކާއެކު އަނެއްކާވެސް އެހެން ދިރި އުޅުމެއް ފަށަނީއެވެ. ދެން ވެގެން ދަނީ ދިވެހިން އެކަން ގަބޫލު ނުކުރިޔަސް އެ ސީރީޒް ބަލާ މީހުން ވުމަށް އެދިއެދި ތިބި ކަމެކެވެ . ނައިރާ އަލުން ދުނިޔެއަށް އަންނަނީއެވެ. މިކަން ވުމާއެކު ކާތިކް ގެ ކައިވެނި އޭނަ ރޫޅާލައެވެ. ދެން އަނެއްކާވެސް ކާތިކް އާއި ނައިރާ ކައިވެނި ކުރަނީއެވެ. މިހުރިހާ ކަމަކަށް ފަހު އަނެއްކާވެސް ތާރީހު އިޔާދަވަނީއެވެ. ނައިރާ ބަލިވެ އިންނަ އިރަށް ޖެހޭ މައްސަލައެއްގައި ކާތިކް އަދި ނައިރާ އަނެއްކާވެސް ވަރި ވަނީއެވެ. ނަމަވެސް މިފަހަރު އެދެމީހުންގެ ގުޅުން އިޔާދަވެގެން އަންނަނީ އެދެމީހުންނަށް ލިބިފައިތިބި ކުދިންގެ ސަބަބުންނެވެ. އެކަމަކު އަނެއްކާވެސް އެ ދެމީހުން ހަމަ ވަރިިވެއެވެ. މިސީރީޒް ބަލައިގެން ދެމަފިރިން ވަރިވަން ދިމާވާ ވަރަށް ގިނަ ސަބަބުތައް އެނގިގެން ދާނެއެވެ.

your imageކާތިކް އަދި ނައިރާގެ ދަރުފުޅު އަދި އާއިލާ 

އެންމެފަހުން އަނެއްކާވެސް ނައިރާ މުރުވަނީއެވެ. އަލުން އަނބުރާ އައި އިރު ތަފާތަކީ މިފަހަރު އަދި ނައިރާ އަށް ބަދަލު ނުވެ އެހެން މީހެއްގެ ގޮތުގައި (ސީރަތް)ގެ ގޮތުގައިވުމެވެ.

މި ވާހަކަތައް މިހެން ހުރި ކަމުގައިވިޔަސް ޔޭރިޝްތާ ކިޔާ ކެހެލާތާ ހޭ އަކީ މިލިއަނުން މީހުން ބަލަމުންދާ ކާބިޔާބު ސީރީޒް އެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.ބަޔަކު ކިތަންމެ ރަނގަޅު ކަމެއް ކުރިކަމުގައި ވިޔަސް އެޔަސް އެކްނ ނެގެޓިވް ކޮން ނަގާނެ މީހުން ވެސް ތިބޭނެއެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް