ads
ސަމަންތާ އާ ޗެއިތަންޔާ-
ތަމިލް ފިލްމު އިންޑަސްޓްރީގެ ފެވަރިޓް ކަޕަލް ވަކިވެއްޖެ؟
ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގެ އެންމެ މަގްބޫލު ޖޯޑު ކަމަށްވާ ނަގަ ޗައިތަންޔާ އަކިނޭކީ އާއި ސަމަންތާ ރުތް ޕްރަބޫ ވަކިވިކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
Advertisement

ކުލަގަދަކޮށް 2017 ވަނަ އަހަރު ކައިވެނި ކުރި ސައުތު އިންޑަސްޓްރީގެ ސުޕާ ސްޓާރުން ވަކިވި ވާހަކަ ފުރަތަ މީހުން ދައްކަން ފަށާފައިވަނީ ނިމިދިޔަ ހަފްތާ ތެރޭގައި ސަމަންތާ އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ނަމުން އަކިނޭކީ ނެގުމުންނެވެ. 

އެހޭ ހިސާބުން ފޭނުން އަންނަނީ އެމީހުންނަށް އެންމެ ކަމުދާ ތަމިލް އިންޑަސްޓްރީގެ ޖޯޑު ވަކިވީތޯ ސުވާލުކުރަމުންނެވެ. 

ސޯޝަލް މީޑިއާ އެކައުންޓްތަކުން އަކިނޭކީ ނަން ނެގީ ކީއްވެތޯ ނޫސްވެރިން ސަމަންތާ އާ ސުވާލުކުރުމުން އޭނާ ބުނީ މިހާރުވެސް އެތައް ހާސް މީހުން ސޯޝަލް މީޑިއާގައި އޭނާ އާ އެސުވާލުކުރަމުން އަންނަ ކަމަށެވެ.  ސަމަންތާ ބުނީ އާއިލާ ގުޅޭ ކަންކަމުގައި ކިތަންމެ ވަރަކަށް ބަޔަކު ސުވާލު ކުރިއަސް އޭނާ ޖަވާބު ދޭނީ އޭނާ ވާހަކަ ދައްކަން ޖެހޭ ވަގުތު ޖެހުމުން ކަމަށެވެ.  

your imageސަމަންތާ އާ ޗެއިތަންޔާ-

އަދި މިހާތަނަށް ސަމަންތާ އަދި ޗެއިތަންޔާ ވެސް ވަކިވިކަން ކަށަވަރުކޮށްދީފައި ނުވާއިރު ޗައިތަންޔާގެ ބައްޕަ ނަގަރުޖުނާ އަކީނޭކީ ވެސް އަންނަނީ ފަހަކަށް އައިސް އެފަދަ ސުވާލަކަށް ޖަވާބުދޭން ބޭނުން ނުވާތީ މީޑިއާ އާ ދުރުން އުޅެން ފަށާފައެވެ. 

އެގޮތުން ދާދި ފަހުން ފެށި ބިގް ބޮސް 5 ތެލުގޫ ގެ ހޯސްޓް ނަގަރުޖަނާ ވަނީ އެ ޝޯ ފެއްޓުމަށް ފަހު އޮތް ޕްރެސް މީޓިން ވެސް ކެންސެލް ކޮށްފައެވެ. ޕްރެސް ކެންސަލް ކޮށްފައިވަނީ ކޮރޯނާ ވައިރަސް އާ ގުޅިގެން ކަމަަށް ބުނި ނަމަވެސް މީޑިއާތަކުން އަންނަނީ އެއީ އެ ސުވާލުތަކުން ރެކެގަތުމަށް ދެއްކި ބަހާނާއެއް ކަމަށް ބުނަމުންނެވެ. 

ކޮންމެ ހެން ވެސް ސައުތުގެ އެންމެ މަގްބޫލު ޖޯޑު ވަކިވާކަށް އެމީހުންގެ ފޭނުންނެއް ބޭނުމެއް ނުވެއެވެ. އެންމެންވެސް އިންތިޒާރު ކުރަނީ ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް