ބޮލީވުޑުގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕުތުގެ ކުރީގެ ފޮޓޯތަކެއް އާންމުވެއްޖެއެވެ.

Advertisement
ބޮލީވުޑުގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕުތުގެ ކުރީގެ ފޮޓޯތަކެއް އާންމުވެއްޖެ އެވެ.
މީރާގެ އެންމެ ގާތް ރަހުމަތްތެރިޔާ ޕްރިޔަންކާ އަގަރްވާލްގެ އުފަން ދުވަހު އޭނާ ހިއްސާކުރި އެ ފޮޓޯތަކުން މީރާ ފެނިގެން ދަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އެ ފޮޓޯތަކުން އެއީ މީރާ ކަން ނޭނގޭ ކަމަށް ވެސް ވެސް ބުނެފަ އެވެ.
މީރާ އަކީ ފިލްމީ ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އިޝްތިހާރަކުން ވެސް ފެނިގެންގޮސްފަ އެވެ.
މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. މީރާ އާއި ޝާހިދު ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.