ads
ކަރީނާ އާ ސައިފް ދެ ދަރިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް-
ތައިމުރް އާ ޖެހެންގިރްގެ ނަމަށް މީހުން ޖޯކު ޖަހާތީ ހިތާމަކުރަން: ކަރީނާ
ބޮލީވުޑް ތަރިންގެ ތެރެއިން މީހުންގެ މެދުގައި އެންމެ ވާހަކަ ދެކެވޭ ދަރިން ލިބިފައިވަނީ ކަރީނާ އާ ސައިފަށް ކަން ބުމުން އެއީ ދޮގަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ގިނަ ފަހަރު ބައެއް މީހުން ވާހަކަ ދައްކަނީ ކަރީނާއަށް އެންމެ ރަނގަޅު ގޮތަކަށް ނޫނެވެ.
Advertisement

ހިންދޫންގެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި މުސްލިމް ވެރިންތަކެއްގެ ނަންތައް ދަރިންނަށް ދިން  ކަމަށް ބުނެ އެގައުމުގެ ބައެއް މީހުން ކަރީނާއަށް އަށް ފާޑުކިޔައި ނަންތަކަށް ޖޯކުޖެހިއެވެ. 

ދަ ގާޑިއަންއަށް ދިން އިންޓަވިއުއްގައި ކަރީނާ ބުނީ ކުޑަކުޑަ މައުސޫމް ކުދިންތަކަކަށް ބަޔަކު ޖޯކު ޖަހަންވި ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އެކަމާ ވަރަށް ވިސްނާ ހިތާމަކުރާކަން ކަރީނާ ބުނެއެވެ. އަދި އެހެން ކަންތަކަށް ފޯކަސްކޮށް އެކަހަލަ ވިސްނުންތަކާ ދުރުގައި ހުރެވޭތޯވެސް މަސައްކަތް ކުރާ ކަމަށް ކަރީނާ ބުނެއެވެ. އަބަދު ފުރައްސާރަ ކުރާ މީހުންނާ މެދު ވިސްނައިގެން ދިރިނޫޅެވޭނެ ކަމަށް ވެސް ކަރީނާ ބުނެފައިވެއެެވެ. 

ކަރީނާ އާ ސައިފްގެ ފުރަތަމަ ދަރި ތައިމުރް އަލީ ހާން ލިބުނީ 2016 ވަނަ އަހަރުގައެވެ. ދަރިއަށް ތައިމުރް ނަން ދިނުމުން، ނަން ދީފައިވަނީ 1398 ވަނަ އަހަރު އިންޑިއާގެ ދިއްލީއަށް އަރައިގަތް ތުރުކީގެ އިސްތިއުމާރީ ވެރިއެއްގެ ނަމުން ކަމަށް ބުނެ ބައެއް މީހުން ވަނީ ކަރީނާއަށް ފާޑުކިޔާފައެވެ. 

ހަތަރު އަހަރު ފަހުން ދެވަނަ ދަރިއެއް ލިބި، ކުއްޖާއަށް ޖެހެންގިރް ކިޔުމުންވެސް ހަމަ އެފަދައިން މީހުން ފާޑުކިޔެވެ. އެގޮޮތުން ޖެހެންގިރް އަށް ނަން ދީފައި ވަނީ 17 ވަނަ ގަރުނުގެ މުގަލް އެމްޕަޔާރާއެއްގެ ނަމުން ކަމަށް ފާޑުކި މީހުން ބުނެއެވެ.

ކަރީނާ ވަނީ ފާޑުކިޔުންތަކަށް ރައްދު ދީފައެވެ.  ދަރިންނަށް ނަން ދިނުމަކީ ކޮންމެ ދެމަފިރިއެއްގެ ވެސް ހައްގެއް ކަން ފާހަގަކޮށް ކަރީނާ ބުނީ އެއީ ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއްދީ ބަލައި ބޮޑުކުރުމުގެ ބައެއް ކަމަށެވެ.

ކުއްޖާ ބޮޑުކުރަންވީ ގޮތް އިނގޭނީ ހަމައެކަނި ކުއްޖާ މަންމަ އާ ބައްޕަ އަށް ކަމަށާ އެއީ އެއްވެސް އެހެން މީހަކާ ގުޅުން އޮންނަ ކަމެއް ނޫންކަމަށް ކަރީނާ ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް