ނާސާ އާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި 130 މީޓަރާ 300 މީޓަރާ ދެމެދުގެ ބޮޑު މިނެއް ހުންނަ އެ ގިނި ހިލަ ދުނިޔެއާ ކައިރިން ދަތުރު ކުރާނީ މި މަހުގެ މެދު ތެރޭގައެވެ.
އަދި އެ ގިނި ހިލަ އާ އެކު 17 އިތުރު އޮބްޖެކްޓެއް ވެސް އެ ދިމާލުން ދަތުރުކުރަމުން އަންނަ ކަމަށް ނާސާ އިން ބުނެއެވެ.
ގިނި ހިލަ ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރާނެ ކަމަށް ބެލެވެނީ 930،487 މޭލު ދުރުންނެވެ. އެހެން ކަމުން އެ ގިނި ހިލައިގެ ސަބަބުން ނުރައްކަލެއް އޮތް ކަމަށް ނުބެލެވެއެވެ.
ދުނިޔޭގައި ބޮޑު ގިނި ހިލައެއް ޖެހުމުގެ ފުރުސަތު އޮންނަނީ ކޮންމެ ތިން މިލިއަނަކުން އެކައްޗެވެ.