ads
އެލްޖޭ——
އެލްޖޭ މިހާރު އުޅެނީ ކައިވެނި ކޮށްގެންތަ؟
ލިއަމް ޖޯން(އެލްޖޭ) މިފަހުން ޕްރޮގްރާމެއްގައި ބައިވެރިވުމުން އާއްމުންގެ މީހަކު ކުރި ސުވާލަކީ އޭނާ ކައިވެނި ނުކޮށް ހުންނަނީ ކީއްވެގެންތޯ އެވެ.

އެ ސުވާލަށް ޖަވާބުދެމުން އެލްޖީ ވެސް ކުރީ ސުވާލެކެވެ. ސަލްމާން ހާން ދަންނަންތޯ އެވެ.

ސަލްމާން ހާނަކީ ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށްވާއިރު މިހާތަނަށް 90އިގެ ފިލްމްތަކުން މަޝްހޫރުވި ތަރިންގެ ތެރެއިން ކައިވެނިނުކޮށް ހުރި އެކަކަކީ އޭނާ އެވެ. 

ސަލްމާން ހާން ކައިވެނި ނުކޮށް ހުރުމުން ދެން އެލްޖޭ ވެސް އޭނާ އާއި އެއްވަރު ވަނީތޯ އެހުމުން ވެސް އެލްޖޭ ބުނީ އިސްކޮޅުން ވެސް ދެ މީހުން އެއްވަރުކަމަށާއި، އެހެން ވީމާ އެއްވަރު ނުކުރަންވީ ކީއްވެތޯއެވެ. 

ނަމަވެސް ކައިވެނި ނުކޮށް ހުންނަ ސަބަބާ މެދު ސާފު ޖަވާބެއް އެލްޖޭ ދީފައިނުވާތީ އަނެއްކާ ވެސް އާންމު މީހާ ސުވާލު ކުރިމަތިކުރި އެވެ. އެހެންނަމަވެސް މިފަހަރު ކުރި ސުވާލަކީ ގދ. ތިނަދޫ ކުއްޖަކާ ކައިވެނިކުރިންތޯއެވެ. އެކަހަލަ ވާހަކައެއް އަޑުއިވުނުކަމަށް އޭނާ ބުނެފައިވެއެވެ. އެލްޖޭ އަކީވެސް ތިނަދޫ މީހެކެވެ. 

އެސުވާލާ އެކު އެލްޖޭ ވަގުތުން ބަސް ހުއްޓި އިރުކޮޅަކު މަޑުކޮށްފަހު މައުލޫއު އާ ދުރަށް ވާހަކަ ދައްކަން ވަނީ ފަށާފައެވެ. 

އެހެންނަމަވެސް ތަކުރާރުކޮށް އެ ސުވާލު ކުރިމަތި ކުރަން ފެށުމުން އެލްޖޭ ބުނެފައިވަނީ ޕްރޮގްރާމް ނިމޭއިރު ފަހަރެއްގައި ޖަވާބު ލިބިދާނެ ކަމަށާއި އެހަށް މަޑުކޮށްލުމަށް އެދޭ ކަމަށެވެ. އެހެންނަމަވެސް ޕްރޮގްރާމް ނިމުން އިރު ވެސް އެކަމަށް ސާފު ޖަވާބެއް ނުދެއެވެ. 

ޕްރޮގްރާމުގައި އޭގެ ކުރިން އެ ސުވާލު ކުރުމުން ވެސް އެލްޖޭ ވަނީ އެ ސުވާލަށް ޖަވާބުދޭން އިންކާރުކޮށްފައެވެ. އަދި މިވަގުތު ރިލޭޝަންޝިޕް ސްޓެޓަސް އާ މެދު ވާހަކަ ދައްކަން އެހާ ބޭނުންނުވާކަމަަށް އޭނާ ބުނެފައިވެއެވެ.   

12%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
76%
ވަރަށް ސަލާމް
ކޮމެންޓްސް