ads
ކުރީގެ ނައިބު ޖިހާދު
ކުރީގެ ވީޕީ އަބްދުﷲ ޖިހާދު އިދިކޮޅު އިހްތިޖާޖުގެ އިސްސަފުގައި
ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގެންފި އެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އުފުލާފައިވާ ޖިހާދު އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގަންފައިވާއިރު އެ މުޒާހަރާގެ އެންމެ އިސް ސަފުގައި އެމަނިކުފާނު ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އިދިކޮޅުން ކުރިއަށް ގެންދާ މިމުޒާހަރާއަކީ “އިންސާފު ހޯދުން” ނަމުގައި މިއަދު ހަވީރު ފެށި މުޒާހަރާއެެކެވެ.

އެމުޒާހަރާގެ ތެރޭގައި ބައިވެރިވެވަޑައިގެން ޖިހާދު ވަނީ ފަނޑިޔާރު ގެއަށް އަތްބޭނުން ހުއްޓާލުމަށާއި، ރިޝްވަތު ދިނުން ހުއްޓާލުމަށް އަދި ރައީސް ޔާމީން މިނިވަންކުރަންވެސް ގޮވާލާފައެވެ.

އިދިކޮޅުން ބާއްވަމުންދާ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ވެރިންނާއި ޕާޓީއަށް ތާއިދުކުރާ މީހުން ދަނީ ބައިވެރިވެ މަގުމައްޗަށް ނިކުމެ އަޑުއުފުލަމުންނެވެ. 

ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެތައް ފަހަރެއްގެ މަތިން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދިފައިވެެެއެވެ. ނަމަވެސް ކޯޓުން މިހާތަނަށް އެހުއްދަ ދީފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް