ads
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޕީޕީއެމްގެ ދިދަ އަކާ ގައުމީ ދިދައެއް ވިހުރުވާލަނީ-- ފޮޓޯ؛
ގޭގައި ހުންނަވައިގެން ރައީސް ޔާމީން އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގެންފި
ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެންފި އެވެ.

“އިންސާފު ހޯދުން” ނަމުގައި މިއަދު ހަވީރު އިދިކޮޅުން ބޭއްވި މުޒާހަރާ ފަށާފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

މުޒާހަރާ ފަށައިގެން ކާނިވާ ސަރަހައްދުން ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެފައިވެއެވެ. 

މުޒާހަރާގެ ބައިވެރިން ގޭ ދޮށަށް އެއްވުމުން ރައީސން ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ބޮޑު ދިދައަކާއެކު މުޒާހަރާގައި ބައިވެރިވެފައެވެ. އަދި ދިދަ ވިހުރުވަމުން މުޒާހަރާގަައި އެމަނިކުފާނުވަނީ އެގޮތަށް ގާތްގަނޑަކަށް 10 މިނެޓްވަރު ވަންދެން ބައިވެރިވެފައެވެ.

your imageމުޒާހަރާ ކުރިއަށް ދިޔަ ވަގުތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޑަ ދޮރު ކައިރިއަށް ނިކުމެވަޑައިގެން- ފޮޓޯ: ސޯޝަލް މީޑިއާ

އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދަނިކޮށް ކޮވިޑް-19 ޖަލުތަކުގައި ފެތުރެން ފެށުމުން އެމަނިކުފާނު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ގޭ ބަންދަކަށް ދޫކުރައްވާފައެވެ.

އިދިކޮޅުން މުޒާހަރާކޮށްފައިވަނީ ރައީސް ޔާމީންއަށް އިއްވި ހުކުމަކީ ނާއިންސާފުން ގާޒީންތަކެއް ރަހީނުކޮށްގެން އިއްވި ހުކުމެއްކަމަށް ބުނެ ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާތީ އެމަނިކުފާނު ވަގުތުން ވަގުތަށް ޝަރުތަކާއި ނުލާ ދޫކޮށްލުމަށް ގަރާރެއްވެސް ހުށަހެޅުމަށް ފަހުއެވެ

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް