ads
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މުޒާހަރާގައި——
އަޅުގަނޑު މަގުމައްޗަށް ނެރުނީ ރައީސް ސޯލިހް، ދެން އުޅޭނީ މަގުމަތީގައި: ޖިހާދު
މުޒާހަރާއަށް ދައުވަތުދީ، މަގުމައްޗަށް ނެރުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

“އިންސާފު ހޯދުން” ނަމުގައި އިދިކޮޅުން ބޭއްވި އިހްތިޖާޖުގައި ބައިވެރިވެ ވާހަކަދައްކަވަމުން ޖިހާދު ވިދާޅުވީ، މީގެ ކުރިން އެއްވެސް މުޒާހަރާއަކަށް ނުވަތަ މަގުމަތީ އިހްތިޖާޖަކުން އޭނާ އެއްވެސް މީހަކަށް ފެނިފައި ނުވާނެކަމަށާއި، މިހާތަނަށް އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައިވެސް ނުވާނެ ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނު މަގުމައްޗަށް ނިކުންނަން މަޖުބޫރުކުރުވީ ރައީސް ސޯލިހް ކަން ފާހަގަކުރައްވަމުން ޖިހާދު ވިދާޅުވީ، އެއީ ފެށުމެއް ކަމަށެވެ. އަދި އިންސާފު ލިބުމާއި ހަމަޔަށް އެމަސައްކަތް ދެން ހުއްޓާ ނުލައްވާނެ ކަމަަށް ވިދާޅުވިއެވެ.

“މިއީ ފެށުމެއް. އަޅުގަނޑަށް މުޒާހަރާއަށް ދައުވަތުދެއްވީ އިބްރާހިމް މުހައްމަދު ސޯލިހް. އެމަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ވަރަށް ބޮޑެތި އަނިޔާކޮށްފި. އަޅުގަނޑު ދުވަހަކުވެސް ރެލީއެއްގައިވެސް ބައިވެރިވެފައި ނުހުންނާނެ. އަޅުގަނޑު މިއަދު މިތަނުގައި ހުއްޓެން ޖެހުނު ސަބަބަކީ ރައީސް ސޯލިހްގެ ސަރުކާރުން ކުރަން ފެށި އަނިޔާތަކަށް ކެތް ނުކުރެވިގެން. މިއީ ފެށުން”ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ އެމަނިކުފާނަކީ 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރެެއްވި ބޭފުޅެެެެއްކަމަށާއި، ދުވަހަކުވެސް ކޯޓަކަށް ނުވަތަ ފުލުހުންގެ އިދާރާއަށްވެސް ގެންދިޔަ މީހެެއް ނޫން ކަމަށެވެ. 

އެހެންނަމަވެސް ރައީސް ސޯލިހްގެ ޒައާމަތުގައި އެއްވެސް ކަމަކާއި ނުލާ 10 ފަހަރަށް ކޯޓަށް ގެންގޮސްފިކަމަށާއި، ޕާސްޕޯޓު ދެއްކުމުން ބުނަނީ ފިލައިގެންދާނެ ކަމަށް ކަމަށެވެ. 

އެހާ ހިސާބަށް ދިޔުމުން ދެން ކެތްނުކުރެވޭނެކަން ފާހަގަކުރަމުން ޖިހާދު ވިދާޅުވީ، ފެންނަނީ ކަރުގައި ހަންޖަރު ޖައްސާފައި ހުންނަތަން ކަމަށެވެ.

އަނިޔާކުރުން ހުއްޓާނުލާހާ ހިދަކު ދެން އެމަނިކުފާނު ފެންނާނީ މަގުމަތިން ކަމަށް ޖިހާދު ވިދާޅުވިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް ކޯޓުން އެހުއްދަ ދީފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް