ads
މައްސަލަ ހުރި އާޔަތްތަަށް——
އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ހުރި ކުށްތައް އަންގަން އެދިއްޖެ
އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ފާހަގަވާން ހުރި ކުށްތައް އަންގަން އެޑިޔުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.
Advertisement

ސްކޫލްތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އިސްލާމް އަދި ޤުރްއާން ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

އެ މިނިސްޓްރީން ބުނީ އެމަސައްކަތް ކުރަމުންދާތީ އެ ފޮތްތަކުގައި އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި ސަފްހާ އެނގޭނެހެން ލިޔުއްވުމަށްފަހު، މިނިސްޓްރީގެ އީމެއިލަށް ފޮނުއްވައިދެއްވުން އެދޭ ކަމަށެވެ.

އިސްލާމީ ތަރުޖަބިއްޔަތު ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތުގެ ގްރޭޑް 1 އަދި 2 ގެ އިތުރުން ގްރޭޑް 9 އަކާއި 10 އަދި 11، 12އިގެ ފޮތްތަކުގައިވެސް އާޔަތުގެ މާނަ ތަރުޖަމާ ބަދަލުކޮށްފައިވުމާއި، އާޔަތްތައް ބަދަލުކޮށްފައި ހުރުމުގެ އިތުރުން އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އިސްލާމް ފޮތުގައިވާ އާތްތަކެއް ނުބައިކޮށް ހުރި މައްސަަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަމާލުކަމަށް ގެނެސްދެއްވުމުންނެވެ.

ގްރޭޑް 1 ގެ ފޮތުގައި ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައިވަނީ ސޫރަތު ނާޒިއަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ.އެމަނިކުފާނު ވިދާޅުވީ ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި އައްނަބާ ސޫރަތާއި އައްނާޒިއާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްބާން ފަހުމީ ކަމަށެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ އެ މައްސަލަ، ސަމާލުކަމަށް ގެނެސްދެއްވީތީ އަބްރަމްގެ ބެލެނިވެރިންނަށާއި އަބްރަމްގެ ބޭބެ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހްމީ އަށް ވެސް ޝުކުރު ދަންނަވާފަ އެވެ.

އޭގެފަހުން އިތުރު ގްރޭޑްތަކުގެ ފޮތްތަކުގައި ހުރި މައްސަލަތައްވެސް ޑރ. ޝަހީމް ފެންމަތިކޮށްފައިވެއެވެ.

މިނިސްޓަރު އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓްރީއަށްް ޓެގް ކުރައްވާ ޝަހީމް ޝަހީމް ވިދާޅުވީ އަވަސް ފުރުސަތެއްގައި އެކަންކަން ރަނގަޅު ކުރައްވަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް