ads
ލަންކާގެ ފޮރިން މިނިސްޓަރ - ގާމިނީ ލަކްޝްމަން ޕީރީސް
އީރާނާ އެކު ގާތް ގުޅުމެއް ބާއްވާނެކަމަށް ލަންކާއިން ބުނެފި
އީރާނާ އެކު ގާތް ގުޅުމެއް ބާއްވާނެކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ލަންކާގެ ފޮރިން މިނިސްޓަރު ގާމިނީ ލަކްޝްމަން ޕީރީސް ވިދާޅުވީ، ލަންކާއާ އީރާނަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަމަށެވެ. އަދި މީގެ އިތުރުން މިހާރު އެ ދެގައުމު ދެމެދު އޮތް އިގްތިސޯދީ ގުޅުން ފުޅާ ކުރައްވާނެކަމަށްވެސް ލަންކާގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އީރާނުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހާޝިމް އަޝްޖަޒާދޭއާ މަޝްވަރާ ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޕީރީސް ވަނީ އދ. ގައި، ލަންކާ އަށް އީރާނުން ދޭ ތަރުހީބަށް އުފާ ކުރައްވާ ކަމަށާއި ދެ ގައުމުގެ ގުޅުމުގެ ގާތްކަމުގެ ހެއްކަކަށް އެކަން ފުދޭކަމަށް ވިދާޅުވެ، ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ލަންކާއާ އީރާނާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށް އެމެރިކާގެ ސަބަބުން ވަރަށް ބޮޑަށް ބުރޫ އަރާފަ އޮތްކަން ފާހަގަކުރައްވާ ޕީރީސް ވިދާޅުވީ ލަންކާ އިން މިހާރުވެސް އޮތީ އީރާނަށް 250 މިލިޔަން ޑޮލަރަށް ދަރާފަކަމަށެވެ. އަދި ހަމަ އެހެންމެ ލަންކާގެ މިވަގުތުގެ ހާލަތު އޮތް ގޮތުން އެ ދަރަނި އަދާކުރެވެންވެސް ނެތްކަމަށެވެ. 

މީގެ އިތުރުން ލަންކާއިން މި ދަރަނި އަދާކުރުމަށް އީރާނަށް ސައިފަތް ފޮނުވާ ގޮތަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ. އެހެން ނަމަވެސް މި މަޝްވަރާތައް އަދި ވަކި ކޮޅެއްގައި ޖެހިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް