ads
ދީޕިކާ އާއި ކެޓްރީނާ މޮޑެލް ކުރި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް
ދީޕިކާ އާއި ކެޓްރީނާ ވަކިކުރަންވެސް ނޭގޭ ފޮޓޯއެއް!
ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑްކޯން އާއީ ކެޓްރީނާ ކައިފްގެ ކެރިއާ ފެށިގެން އައީ މޮޑެލިންގެ ދާއިރާއިންނެވެ.

ދީޕިކާ ބޮލީވުޑަށް ނިކުމެފައިވަނީ "އޯމް ޝާންތީ އޯމް" އިން 2007 ވަނަ އަހަރު އެވެ. އަދި ކެޓްރީނާ ބޮލީވުޑަށް ފުރަތަމަ ތައާރަފް ވެގެން ދިޔައީ ފިލްމް "ބޫމް" އިން 2003 ވަނަ އަހަރު އެވެ.

ފެޝަން ކޮރިއޮގްރޮފަރ އަދި މޮޑެލް މާކް ޖޭ ރޮބިންސަން އިންސްޓަގްރާމްގައި އެންމެ ފަހުން ޕޯސްޓު ކޮށްފައިވާ ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. ހާއްސަކޮށް ދީޕިކާ އަދި ކެޓްރީނާގެ ފޭނުންގެ ފަރާތުންނެވެ. މި ފޮޓޯއިން ދީޕިކާ އާއި ކެޓްރީނާ ފެނިގެން ދާއިރު މި ފޮޓޯއަކީ މި ދެ ތަރިންގެ މޮޑެލިން ކެރިއާ ފެށިގެން އައި ދުވަސްކޮޅުގެ ފޮޓޯއެކެވެ. މި ފޮޓޯއިން މި ދެ ތަރިންގެ އިތުރުން ލަވަކިއުންތެރިޔާ ސޯފީ ޗައުދްރީވެސް ފެނިގެން ދެއެވެ. 

މި ފޮތޯއަކީ ފެޝަން ޝޯއެއްގެ ތެރެއިންނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގައި ދީޕިކާ ފެނިގެންދަނީ ކަނެއްގައި ކަޅު ކުލައިގެ ޓޮޕަކާއިއެކު ޖިންސެއްގައެވެ. އަދި ދީޕިކާގެ ކުރިމަތީގަ ކަހަލަ ގޮތަކަށް ކެޓްރީނާ ހުރި އިރު، އޭނާލައިގެން ހުރީ މުށި ކުލަޔަކަށް ދާ ޓީޝާޓެކެވެ. މި ފޮޓޯ ހިއްސާކުރަމުން ރޮބިންސަން ވަނީ ދީޕިކާ އާއި ކެޓްރީނާ އަށް މި ޕޯސްޓު ޓެގް ވެސް ކޮށްފައެވެ.

2007 ވަނަ އަހަރު ބޮލީވުޑަށް ނިކުތުމުގެ ކުރިން ދީޕިކާ ވަނީ އުމުރުން 18 އަހަރުގައި އޭނާގެ މޮޑެލިން ކެރިއާ ފަށާފައެވެ. އަދި ކެޓްރީނާ ވަނީ އޭނާގެ މޮޑެލިން ކެރިއާ އުމުރުން އެންމެ 14 އަހަރުގައި ފަށާފައެވެ.

ރޮބިންސަން ހިއްސާކޮށްފައިވާ މި ޕޯސްޓުގައި މި ދެތަރިން ވަކިކުރަންވެސް ނޭގޭހާ ތަފާތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް