އެ ފިލްމުގެ ނަން އަދި މީޑިއާތަކަށް ހާމަކޮށްފައި ނުވާއިރު ސަނީ ވަނީ ބާލްކީގެ ކުރިއަށް އޮތް ތްރިލާ ފިލްމެއް ވެސް ކުޅެން އެއްބަސްވެ ސޮއިކޮށްފައެވެ.
އެދެމީހުން އެކުގައި މަސައްކަތް ކުރަން ނިންމި ދެވަނަ ފިލްމަކީ ފެމިލީ ޑްރާމާއެއް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު އެ ފިލްމުގެ ޝޫޓިން ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ.
އެ ފިލްމުގެ ކާސްޓުންގެގޮތުގައި ސަލްމާނާ އެކު 1991 ގެ "ލަވް" ކުޅުނު ބަތަލާ ރިވަތީ އާއި އެކްޓަރު ކަމަލް ހަސަންގެ ދޮށީ ދަރިފުޅު ޝްރޫތީ ހަސަން ހިމެނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަނީ އާއި ރިވަތީ އެ ފިލްމުގައި ފެނިގެންދާނީ ދެމަފިރިންގެ ރޯލަކުންނެވެ.
ސަނީ އާއެކު ބާލްކީ ހަދަން ނިންމި ފުރަތަމަ ފިލްމުގެ ނަން ވެސް އަދި ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ރަސްމީ މަސައްކަތް ފަށާނެ އިރެއްވެސް އަދި ނޭނގެއެވެ.