އެރަށުގައި ޖުމްލަ 15 އާއި ގާތް ކުރާ އަދަދަކަށް ތަރައްގީގެ ޕްރޮޖެކްޓް އެބަ ކުރިޔަށް ދެއެވެ.
ވައިކަރަދޫ ކައުންސިލް ރައީސް އަބްދުﷲ ޒަމީރު ސީއެންއެމް އަށް ވިދާޅުވީ އެރަށުގައި ހިނގަމުންދާ ބައެއް މަޝްރޫ މިހާރުވަނީ ނިމުމަކާ ގާތްވެފައި ކަމަށެވެ.
އެގޮތުން ޒަމީރު ވިދާޅުވީ އިންޑިޔާގެ އެހީގައި އެރަށުގައި އަޅަމުންދާ އައުޓްޑޯޖިމް ގެ މަސަތްކަތުގެ 95% ވަނީ ނިމިފައި ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެރަށުގައި ސަރުކާރާއި ގުޅިގެން ހިންގާ ފެނަކައިގެ އާ އިމާރާތާއި ޕަވާ ހައުސްގެ މަސައްކަތްވެސް މިހާރު ހަލުއިކަމާއެކު ކުރިއަށް އެބަދެއެވެ. އަދި މި ޕަވާ ހައުސް އެޅިގެން ދާނީ 3500 ކިލޯ ވޯޓު ޖަނަރޭޓް ކުރެވޭ ސޯލާޕެނަލް އާއި އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ ކާނުތައް ހަލާކު ވުމުގެ ސަބަބުން އެއްމިލިޔަން ރުފިޔާ ހޭދަކޮށްގެން ހިންގާ ޕްރޮޖެކްޓެއްވެސް އެރަށުގައި ކުރިއަށް އެބަދެއެވެ. ކައުންސިލަރު ވިދާޅުވީ އޭނާ އެރަށުގެ ބަނަދަރުގެ ކާނުން ފެންއަރާތީ ހިންގާ މަސަތްކަތް ވަރަށް އަވަހައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިތުރަށް ހުރި ޕްރޮޖެކްޓް ތައް ކިޔާދެއްވަމުން އޭނާ ވިދާޅުވީ އެރަށުގައި ގާއިމް ކުރަމުން ދާ މަސް މާރުކޭޓާއި އެރަށު ސުކޫލުގައި އަޅަމުންދާ ބާރަ ކްލާސް ރޫމްގެ މަސައްކަތްވެސް މިވަގުތު ހުޓިފައިވާކަމަށެވެ. ކްލާސް ރޫމްތައް ހެދުމުގެ މަސައްކަތް މިވަގުތު ހުއްޓިފައި އޮތް ކަމުގައި ވިޔަސް ރައީސް ސޯލިހު އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވާރާ ތަކުގެ ތެރެއިން އެނގުނު ގޮތުގައި މި މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.
އޭގެ އިތުރުންވެސް ފަސް ވަރަކަށް ޕްރޮޖެކްޓު އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.