ads
މާލެ--
ބާވެފައިވާތީ ހާޖަރާގެ ތަޅާލަދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
މާލޭގައި ބާވެ ހަލާކުވުމުގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ބެލެވޭ 11 އިމާރާތުގެ ތެރޭގައި ހިމެނޭ ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މާލޭގައި ބާވެ ހަލާކުވުމުގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ބެލެވޭ 11 އިމާރާތުގެ ތެރޭގައި ހިމެނޭ ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް މާދަމާ ހެނދުނު 9:00 އަށް މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ 1:00 އަށް ބީލަން ހުޅުވުން އޮންނާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތަށް ހުށަހަޅާ ޖުމްލަ އަގު 250,000 (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށް ވުރެ ބޮޑުނަމަ، އެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 2500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ. އަދި ޕާފޯމެންސް ބޭންކް ގެރެންޓިއެއްގެ ގޮތުގައި، ހުށަހަޅާ ޖުމްލަ އަގުގެ ހަތެއް އިންސައްތައިގެ ޕާފޯމެންސް ގެރެންޓީއެއް ބިޑް އެވޯޑްވާ ފަރާތުން ހުށަހަޅަން ޖެހެއެވެ.

ހާޖަރާ ގެއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބަދަލު ދިނުމަށް ފަހު ސަރުކާރަށް ނަގާފައިވާ ތަނެކެވެ.

އެސެސްމެންޓެއް ހެދުމަށް ފަހު ކުރިން މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ބާވެފައި ހުރި 11 އިމާރާތެއް އެބަ ހުއްޓެވެ. އެއީ ހާޖަރާގޭގެ އިތުރުން ހ. ރުއްދޮށިގެ އާއި މ. ރަބީއުވިލާ، ހ. އަޝްފަރު، ހ. ތަންބީ، ހ. ލޮބީ، މ. ބުރަދަމާގެ، މ. އާޝިޔާ މަންޒިލް، މ. ކައުސަރު، މއ. އެވާގްލޯރީ އަދި މއ. ކަނބާލިފަރު ގެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް