ads
ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް-
ގާސިމް ރިޔާޒަށް: ލަދުހަޔާތް ކުޑަވިޔަސް ތިއީ ބޮޑުވަރު
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒަށް ވަރަށް އިތުބާރު ކުރި ކަމަށާއި މިއަދު ރިޔާޒް އެމަނިކުފާނަށް ނިސްބަތްކޮށް ނިކަމެތިކޮށް ވާހަކަ ދައްކަނީ ލަދުހަޔާތް ކުޑަކަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޖޭޕީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރިޔާޒް އާއި ދަނގެތީ ދާއިރާ މެމްބަރު މުހައްމަދު ނާޒިމް އަކީ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ކަމަށެވެ. ޕާޓިގައި ސެކްރެޓަރީ ޖެނަރަލް އެއް ހުރި ނަމަވެސް، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރަށް ވެސް ރިޔާޒް ގެންގުޅުނީ ކިހާ ކައިރިކޮށްގެން ކަން އެނގިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރިޔާޒަށް ކިހާ އިތުބާރެއް ކުރިކަން ވެސް ސަމީރަށް އެނގިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. 

"އަދި އޭނާ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ކިނބިދޫ ދާއިރާއަށް ހޮވިގެންދިޔައީ ކިހިނެތްކަން އޭނާއަށް ރަނގަޅަށް އިހުސާސް ކުރެވޭނެ. އެއީ އަޅުގަނޑުމެންނަކީ އާއިލީ ގޮތުން ވެސް ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް ހުރި ބައެއް ކަމުގައި ވާތީ،" ގާސިމް ވިދާޅުވިއެވެ.

ރިޔާޒަށް ވަރަށް އިތުބާރު ކުރިކަން ތަކުރާރުކޮށް ވިދާޅުވަމުން ގާސިމް ވިދާޅުވީ މިއަދު ނޫސްތަކުން ފެނިގެން ދަނީ ވަރަށް އިހާނެތި ވަރަށް ނިކަމެތި ބަސްތައް އެމަނިކުފާނަށް ނިސްބަތްކޮށް ވިދާޅުވާތަން ކަމަށެވެ. 

އެއީ ކަންބޮޑުވާ ކަމެއް ނޫންކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ރިޔާޒަށް ވެސް އަދި ނާޒިމް އަށް ވެސް އަދި ދެން ތިއްބެވި ވިސްނާ މީހަކަށް ވެސް އެމަނިކުފާނަކީ އެހެން ދައްކަވާ ވާހަކައަކަށް "ދެރަވެގެން ޗޭ ވެގެން" ދާނެ ބޭފުޅެއް ނޫންކަން އިނގިވަޑައިގަންނަވާނެކަމަށެވެ.

"އަދި ހުދު އެބޭފުޅުންނަށް ވެސް އެނގޭނެ އެ ބޭފުޅުން އަމިއްލަ ޒަމީރަށް މަލާމަތް އެ ބޭފުޅުން ރައްދުނުވިއްުޔާ. އަޅުގަނޑު މި ދަންނަވަނީ ހަމަ އެއީ އެއްވެސް ކަހަލަ އިހުސާސެއް ވެސް ނެތީއޭ ހަމަކަށަވަރުން ވެސް. އެންމެ ކުޑަމިންވަރުގެ އިހުސާސެއް ހުރި ނަމަވެސް އަޅުގަނޑަށް ނިސްބަތްވާ ގޮތަށް ނުވަތަ އަޅުގަނޑުގެ ކަމަކަށް ނިސްބަތްވާ ގޮތަށް އެއްޗެއް ބުނެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ. އެކަން ކުރި އެ ދެމީހުން. ދެން އެ ދެބޭފުޅުން ނޫން ހަމަ އެކަނި. އެކަކުވެސް ނޫޅޭނެ. އެހެން މި ދެންނެވީ ވަރަށް ސާބިތުކަމާއެކު ހަމަ ޗެލެންޖުކޮށްފައި މި ދެންނެވީ އެއްވެސް މީހަކު ނޫޅޭނެ،" ގާސިމް ވިދާޅުވި އެވެ.

މާތް ﷲ ދެއްވި ތަނަވަސްކަމާއެކީގައި ވެސް މަސަައްކަތް ކުރަމުން އައީ ފުދިގެން ކަމަށާއި އެއްވެސް މީހަކު އަނބުރާ އަންނާނެ ގޮތަކަށް ކަމެއް ކޮށްފައިނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ކިނބިދޫ ދާއިރާއަށް ރިޔާޒް ހޮވިވަޑައިގަތީ ކިތައް މިލިއަން ހަރަދުކޮށްގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

"ކިތައް މީހުންނަށް ބޭސް ފަރުވާގެ އެހީތެރިކަން ދިނިންކަން އޭނާ މެދުވެރިވެގެން އެ އަތޮޅު ދާއިރާގައި. އަދި ކިތައް މީހުންނަށް ސްކޯލާޝިޕް ދީގެން ކިޔާވާދިން ބޭރަށް ފޮނުވަައިގެންނާ ރާއްޖެއިން ކަންތައް ކޮށްދިންކަން. އެހެންވީމާ އަޅުގަނޑު ދަންނަވަނީ މީހަކުގެ ލަދުހަޔާތް ކުޑަވެގެން ދިޔަސް. ގޮތެއް ނެތިގެން ދިޔަސް އެވަރުވީމާ ތަންކޮޅެއް ބޮޑުވަރޭ. ތަންކޮޅެއް ނޫން މާ ބޮޑުވަރު،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އޮތީ ނިދާފައި ކަމަށް ނާޒިމް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ނާޒިމް އެ ވިދާޅުވީ އެއީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.  

"ވަރަށް ވެސް ރަނގަޅު ވާހަކަފުޅެއް އެއީ. އަބަދުވެސް ނިދާފައި ތިބެނީ އަބަދުވެސް. އެކަން އެހެން އޮއްވާ ކާނަލް ނާޒިމްވެސް އަދި އަބްދުﷲ ރިޔާޒުވެސް ގުޅެން އިނގުނީ އަޅުގަނޑުމެން މިޕާޓީއާ އަޅުގަނޑު ގައިމު ވެސް ބުނެގެން އާދޭސްކޮށްގެން ގެނައި އެކަކުވެސް ނޫޅޭނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފުރަތަމަ ރިޔާސީ އިންތިހާބަށް ފަހު ވެސް ޖުމްހޫރީ ޕާޓީ އޮތީ ސައިލެންޓުގައި ކަމަށް ރިޔާޒް ވިދާޅުވި ކަމަށެވެ. ސައިލެންޓްކޮށް ތިބެނީ ކޮންމެ ފަހަރަކުވެސް އެކްޓިވް ވެއްޖެޔާ އެމަނިކުފާނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބޭތީ ކަމަށެވެ. ހާއްސަކޮށް އޭރަކު އޮންނަ ސަރުކާރެއްގެ ވިޔާނުދާ ވާހަކަ ދައްކާއިރަށް އޭރަކު އޮންނަ ސަރުކާރެއްގެ ފުރަތަމަ ހަމަލާ އަންނަނީ އެމަނިކުފާނާ ދިމާލަށް ކަމަށް ގާސިމް ވިދާޅުވި އެވެ. 

"ދެންވެސް އަންނަނީ އަޅުގަނޑާ ދިމާލަށް. ދެންވެސް އަންނަނީ އަޅުގަނޑާ ދިމާލަށް. ދެން ޕާޓީއަށް."

އެގޮތަށް އަންނައިރު އެއްވެސް ސަރުކާރަކުން އެމަނިކުފާނު ޖަލަށް ނުލާކަމަށާއި، ކޮންމެ ބޭފުޅަކުވެސް ވެރިކަން ހޯދާލީމަ އެމަނިކުފާނު ޖަލަށް ލައި މުދަލަށާއި އަނބިދަރިންނަށް ގޯނާކޮށް ނިކަމެތިކަން ދޭކަމަށެވެ. 

އެހެން ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބެން ޖެހޭ ކުރިއެރުންތަކާއި ތަރައްގީ ހޯދުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދި ޑިމޮކްރަސީއަށް މަސައްކަތް ކުރަމުން ދިޔައިރު ނާޒިމް އާ ރިޔާޒް އާ ދެމީހުން ތިބީ ކޮންތާކުތޯ ސުވާލު ކުރައްވަމުން ގާސިމް ވިދާޅުވީ ޑިމޮކްރަސީއަށް އަޑު އުފުލި މީހަކު ހިފާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް ތަހުގީގު މަރުހަލާގައި އޭރު ތިއްބެވީ އެ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ރައްޔިތުންނާމެދު އޮންނާނީ ކޮން ލޯތްބެއްތޯ ކޮން ހަމްދަރުދީއެއްތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލު ކޮށްފައެވެ.

އޭގެ އިތުރުން ގާސިމް ވިދާޅުވީ އެ ދެބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ކެމްޕެއިނަށް 4-5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް