ads
ރ.މީދޫގައި އިމާރާތްކުރާ ފެނަކަ އާ އޮފީހުގެ ބިންގާ އަޅަނީ…ފޮޓޯ/ފެނަކަ
ރ. މީދޫއަށް ވެސް ޒަމާނީ ފެންވަރުގެ ފެނަކަ އޮފީހެއް!
ރ. މީދޫ ފެނަކަ ބްރާންޗުގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ޒަމާނީ ފެންވަރުގެ އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދެވެ.

އަލަށް އިމާރަތް ކުރެވޭ މި އޮފީސް އިމާރާތުގައި ރިސެޕްޝަން, މީޓީންގ ރޫމްއަކާއި އަދި ލޮބީ އޭރިއާއެއްގެ އިތުރުން މެނޭޖަރ ރޫމް، ޕްރެޔަރ ރޫމް، ރެސްޓު ރޫމް އަދި ސްޓޯރެއްވެސް ހިމެނެއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަކާގެ އެމްޑީ ސައީދު ވިދާޅުވީ، މީދޫގެ މިއަހަރުގެ ފަހުކޮޅުގެ ތެރޭގައި ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް  ފެށޭނެކަމަށާއި އަދި މީދޫއަށް 800 ކިލޯވޯޓުގެ އިތުރު ޖެނެރޭޓަރެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.

އަލަށް އިމާރަތް ކުރެވޭ އޮފީހުގައި މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލު ތަނަވަސް ހިއްގައިމު ވެގެން ދާނެ ކަމަށާއި، އާ އިމާރާތަކީ، ފެންވަރުގެ ގޮތުންވެސް ރަނގަޅު އިމާރާތަކަށް ވެގެން ދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެ ކުންފުނީގެ ދުވަސްވީ އޮފީސް އިމާރަތްތަކާއި އިންޖީނުގެތަށް ޒަމާނީ އިމާރަތްތަކަށް ބަދަލުކޮށް އަލަށް އިމާރަތް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް