ads
“ޝިކާރަ” ލަވައިގެ ޕޯސްޓަރެއް….
މިފަހަރު އާޝާގެ ޝިކާރައަކަށް ވަނީ ކާކުބާ؟
ދިވެހި ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާގައި ފިޔަޖަހަންފެށި އައިމިނަތު ރަޝްފާ(އާޝާ) ޕްރޮޑިއުސްކޮށް ކުޅެފައިވާ ދެވަނަ ވީޑިއޯ ލަވަ މާދަމާ ރިލީޒްކުރާނެ ކަން އިއުލާނުކޮށްފިއެވެ.
Advertisement

"ޝިކާރަ"ގެ ނަމުން ނަން ދީފައިވާ އެ ލަވަ ރިލީޒްކުރަން ކުރަނީ އާޝާގެ އުފަންދުވަހު އެވެ. އޭނާ ވަނީ މިދިޔަ އަހަރު އޭނާގެ އަމިއްލަ ފުރަތަމަ ލަވަ "ގުނަމުން މިދާ" ވެސް އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް ދީފައެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ކ. އަތޮޅު މާފުށީގައި މަންޒަރުތައް ނަގާފައިވާ އެ ލަވައިގެ އޮފިޝަލް ޕޯސްޓަރާއި ކުޑަ ޓީޒާއެއް މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ދޫކޮށްލާފައިވާއިރު އާޝާ އާއެކު އެ ލަވައިން ފެންނާނެ ފިރިހެން ފަންނާނަކީ ކާކުކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ޕޯސްޓަރުގައި ފެންނަ ފިރިހެން ތަރި ފުރަގަސްދީގެން ހުރި އިރު އާޝާ ހުރީ އޭނާގެ އަތުގައި ބާރަށް ހިފައިގެންނެވެ. އާޝާއާއެކު އެ ލަވައިން ފެންނާނީ ރާއްޖޭން ބޭރުގެ އެކްޓަރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން އަންނަނިކޮށް "ޝިކާރަ" އިން ފެންނާނީ އާ މޫނެއް ނޫންކަން ވެސް އާޝާ މިވަނީ ހާމަކޮށްފައެވެ.

އެހެން ކަމުން މާދަމާ އެ އެކްޓަރަކީ ކާކުކަން އެނގިގެން ދާނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ޝަލަބީ އިބްރާހީމް އެވެ.

މަޝްހޫރު މޭކަޕް އާޓިސްޓް އަދި ފެޝަން ޑިޒައިނަރު ސޭންޑީގެ ފުރަތަމަ ޑައިރެކްޝަން "ޝިކާރަ"ގެ ލިރިކްސް މުހައްމަދު އަބްދުލް ޣަނީ(ތޭރަ) ލިރިކްސް ހަދާފައިވާއިރު އެ ލަވައިގެން މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ ހުސައިން ތައުފީގު އެވެ. 

ކުޅަދާނަ ކެމެރާމަން ސަމާހް ކެމެރާކޮށްފައިވާ އެ ލަވަ މާދަމާ ބަލައިލަން ތައްޔާރުވެލާށެވެ. އާޝާ ޝިކާރަ ކުރާ ފިރިހެން އެކްޓަރު ވެސް އެނގޭނެއެވެ.

8%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް