އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުއެވެ.
އެރަށު ސިއްހީ މަރުކަޒުން ބުނީ، ލަފާކުރެވޭ ގޮތުގައި އެ ތުއްތު ކުއްޖާ މަރުވީ ބުއްދެނިކޮށް ފުއްޕާމެޔަށް ކިރު އެޅި ނޭވާ ނުލެވިގެންނެވެ.
އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނި އިރު މައުލޫމާތު ލިބޭ ގޮތުގައި ކުއްޖާއަށް ގާތުން ދޭން އޮއްވާ މައިމީހާ އަށް ނިދި ޖެހުނެވެ.
މަންމަ އަށް ހޭލެވުނު އިރު ކުއްޖާގެ ނޭފަތުން ލޭ އައިސް ހޮޑުލެވި، ކުއްޖާގެ ހަރަކާތް ހުއްޓިފައި އޮތް ކަމަށް ސީއެންއެމް އަށް އެނގިފައިވެއެވެ.
ދާދި ފަހުން ރާއްޖޭގެ ރަށެއްގައި ވެސް ވަނީ ކުޑަ ކުއްޖަކު މަސް ފެންގަޑަކަށް ވެއްޓި މަރުވެފައެވެ.