ތިބާ މިހާރުވެސް ތިދަނީ ކޮންމެސް ވަޒީފާއެއް އަދާކުރަމުންނެވެ. ނުވަތަ ކޮނމެސް ޔުނިވަސިޓީއެއްގައި ޑިގްރީއަށް ކިޔަވަމުންނެވެ. ތިބާގެ އަތުގައި ހުރި ދާދި މަދު ރުފިޔާކޮޅަކުން ހުރިހާ ޒަރޫރީ ބޭނުންތައް ފުއްދަމުން ތިޔަދަނީ ވަރަށް ނުތަނަވަސް ކަމާއެކު ގައެވެ. ނަމަވެސް ވަރަށް އުންމީދާ އެކުގައެވެ.
މިލިއަނަރުންނާއި ބިލިއަނަރުން ފެނި އަޑުއިވި ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދޭނެ ސުވާލަކީ އެމީހުން އެމުއްސަނދިކަން އެހާ ޅަ އުމުރުގައި އެ ހޯދީ ފަހެ ކިހިނަކުން ބާއެވެ. މިސުވާލުގެ ޖަވާބު ވާނީ ތިބާ އަމިއްލައަށް ދީފައެވެ. އެ ޖަވާބަކީ އެމީހުން މުއްސަނދިވީ އެމީހުންގެ ނަސީބު ގަދަ ކަމުންނެވެ. ނުވަތަ އެމީހުން އުފަންވީ ވެސް މުއްސަނދި ކަމުގައެވެ ނުވަތަ އެމީހުންނަކީ ހިޔާނަތް ތެރިވެ ވައްކަން ކޮށްގެން މުއްސަނދި ވެފައިވާ ބައެކަމަށެވެ.
ނަމަވެސް ދުނިޔޭގެ ބިލިއަނަރުންނަށް ބަލާލައިފިނަމަ ކިތަންމެ ކިތަންމެ ސެލްފްމެއިޑް ބިލިއަނަރުން ފެނިގެން އެބަދެއެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ބިލިއަަނަރުންނަށް ބަލާއިރު ޖެފް ބޭޒޮސް އަދި އެލޮން މަސްކް އެއީ ސެލްފް މެއިޑް ބިލިއަނަރުންނެވެ. އެއީ އާއިލީ ގޮތުން މުއްސަނދި ކަން ވާރުތަކޮށްފައި ތިބި ބައެއް ނޫނެވެ.
ކަން މިހެން އޮއްވައި މީހަކު ތިބާ އާ ދިމާލަށް ތިބާގެ ފަގީރުކަމުގެ ސަބަބަކީ ތިބާއޭ ބުނެފި ނަމަ ތިބާ ބުނާނީ ވަކި ކީކޭ ހެއްޔެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ތިބާގެ ފަގީރުކަމާއި އަތްމަތި ދަތިކަމުގެ ސަބަބަކީ ހުދު ތިބާއެވެ.
ސުކޫލުތަކުން ރުފިޔާއަކީ ކޯޗެއްކަން ކިޔަވައިނުދޭއޭ ބުނެ ތިހެން އަޑު އުފުލާއިރު ތިބާ ހިސާބު މާއްދާ އާ މެދު އުހުލުވެރީ ކިހާވަރަކަށް ތޯއެވެ. ހިސާބު ނަންބަރެއްގެ ޖަވާބު ހޯދަނީ ތިބާ ކިހިނަކުން ތޯއެވެ.
ދިރި އުޅުމާ މެދު ވެސް މިފަދަ ބިީދައަކުން ދެކެފިވެފައިވާ ނަމަ ތިބާއަށް ތިބާ ފަގީރުވެގެން ތި އުޅެނީ ކީއްވެ ކަން އެނގޭނެ އެވެ. ތިބާގެ ދިރި އުޅުމުގެ ފެންވަރު ބިނާވެފައި އެއޮތީ ތިބާ ތިބާގެ ނަންބަރު ހައްލު ކުރަން ތިބޭނުން ކުރާ އީކުއޭޝަން ގެ މައްޗަށެވެ. ތިބާ ތިގެންގުޅޭ އީކުއޭޝަން ބަދަލު ނުކުރާހާ ހިނދަކު ތިބާ ތި ދެކޭ ރުފިޔާގެ ހުވަފެން ހަގީގަތަކަށް ނުވާނެއެވެ. މިހާރު މުއްސަނދިންނާ މެދު ތިބާ ތި އުފައްދާ ސުވާލަށް ޖަވާބު ވާނީ ލިބިފައެވެ.