ads
ރިޝްމީއަށް ލިބުނު އެވޯޑު…
ރިޝްމީއަށް ބައިނަލްއަގްވާމީ އެވޯޑެއް!
ދިވެހި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ބަތަލާ އައިޝަތު ރިޝްމީ ރަމީޒަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެއެވެ

މިފަހަރު ރިޝްމީއަށް ލިބިފައިވަނީ ޑރ. ސަރޯޖިނީ ނައިޑޫ  "ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ ދި އެވޯޑްސް ފޯ ވޯކިން ވިމެން” ގެ އޯވެޑެވެ. 

އެ ވޯޑަކީ މީގެ ފަސް އަހަރު ކުރިން ދޭން ފެށި ދުނިޔޭގެ ފެންވަރުގެ އެވޯޑެކެވެ. 

އެ އެވޯޑަށް ރިޝްމީގެ ނަން ހުށަހެޅީ މޯލްޑިވްސް ސޮސައިޓޯ ފޯ ޕާފޯމިން އާޓްސްގެ ފަރާތުން އެކްޓަރު/ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އެވެ.

މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ  100 އަންހެނުންނަށް ދޭ އެ އެވޯޑު ރިޝްމީ އަށް މިފަހަރު ލިބުނީ އެވޯޑަށް ހުށަހަޅާފައިވާ 7000 މީހުންގެ ތެރެއިންނެވެ.

އެވޯޑު ލިބުމުން އެކަމުގެ އުފަލުގައި ރިޝްމީ ކުރި ޕޯސްޓެެއްގައި ބުނެފައި އެ އެވޯޑު ކާމިޔާބު ކުރުމުގެ ފަހަތުގައި އޭނާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށްވާކަމަށެވެ. އޭނާ ވަނީ އެ ޕޯސްޓުގައި ދަރާބެ އަށް ހާއްސަ ޝުކުރެއްވެސް ރައްދު ކޮށްފައެވެ.

ރިޝްމީއަށް ލިބުނި އެ އެވޯޑާއެކު ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަމުން އަންނަ އިރު މީގެ ކުރިން ސާކް ފިލްމު ފެސްޓިވަލް އިން އެންމެ މޮޅު އެކްޓްރެސް ގެއެވޯޑުވެސް އޭނާ އަށް ވަނީ ލިބިފައެވެ. އަދި އެންމެ ފަހުން ބޭއްވުނު ދިވެހި ފިލްމު އެވޯޑްގައި އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް އުފުލާލީ ރިޝްމީއެވެ. 

45%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް