ads
ފޮޓޯ:ޒަކާތް ދައްކަނީ
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 17.8 މިލިއަން ރުފިޔާއަށް މިއަހަރު އިތުރުވެއްޖެ
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރާއި އަޅާ ބަލާއިރު 17.8 މިލިއަަނަށް އިތުރު ވެެއްޖެ އެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ އޮގަސްޓް މަހުގެ އާމްދަނީއާ ގުޅޭ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް 51.1 މިލިއަން ރުފިޔާ ވަނީ ލިބިފައެެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ 17.8 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި މީރާ އަށް ލިބުނީ 33.3 މިލިއަން ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މީރާ އަށް ލިބުނު ފައިސާގެ ތެރޭގައި ހިމެނެނީ 50.8 މިލިއަން ރުފިޔާއާއި، 18،119 އެމެރިކާ ޑޮލަރެވެ. މިއަހަރުގެ އޮގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި މީރާ އަށް ލިބިފައިވަނީ 11.4 މިލިއަން ރުފިޔާ އެވެ. އެއީ 11.3 މިލިއަން ދިވެހި ރުފިޔާއާއި 4،462 އެމެރިކާ ޑޮލަރެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު މުދަލު ޒަކާތުގެ ގޮތުގައި މީރާ އަށް ލިބުނީ 8.3 މިލިއަން ރުފިޔާ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ އިސްލާމިކު މިނިސްޓްރީންނެވެ. 

މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނަމުން ދަނިކޮށް އެ މަސައްކަތް މީރާއާ ހަވާލުކުރީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް