ads
ގިރިދާ އިން ފެންނަ ނޫރާ އަދި ޒިޔާ…
"ގިރިދާ" ބަލަންތަ؟ ހީލަން ބޭނުމިއްޔާ ބަލައިލާ!
ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ސީރީޒް "ގިރިދާ" މި މަހު ހަތް ވަނަ ދުވަހު ރިލީޒްކުރި އިރު އެ ސީރީޒަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
Advertisement

މިހާތަނަށް ސީރީޒްގެ ދެ އެޕިސޯޑެއް ސްޓްރީމްކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ސީރީޒްގެ ވާހަކަ ދައްކަމުންނެވެ.

މީޑިއާނެޓްގެ މަލްޓް ސްކްރީން އެޕުން އެ ސީރީޒް ބަލަމުންދާއިރު ނުހީ ނީންދެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ކުރިއަށް ހުރި އެޕިސޯޑުތަކަށް އިންތިޒާރުކުރާ ކަމަށް ބުނެ ސީރީޒްގެ ޓީމަށް މެސެޖް ކުރާ ކަމަށް "ގިރިދާ" ގެ ޓީމުން ބުނެއެވެ.

އެ ސީރީޒަކީ ކުޅަދާނަ ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު(ޔޫއްޕެ) އޭނާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާފައިވާ ސީރީޒެކެވެ. 

"ގިރިދާ" ރިލީޒްކުރުމުގެ ކުރިން އޮފިޝަލް ޓްރެއިލާ އެއްވެސް އާންމު ކޮށްފައިވާއިރު ޓްރެއިލާ ފެށިގެން އަންނަނީ ފިލްމީ މަސައްކަތްތަކެއް ކުރަން އުޅޭ ބައެއްގެ ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް އެމީހުން އެންމެ ވެގެން އެ ކުރަން އުޅޭ މަސައްކަތް ތާކުން ތާކުން ޖެހޭނެ ހެނެއް ސީރީޒްގެ ނަމަށް ބަލައިލުމުން ހިއެއްނުވެއެވެ. 

ސީރީޒްގެ ލީޑު ރޯލުން ފެންނަނީ އެކްޓަރު އަދި ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރު އަލީ އުސާ(ދޮނާ) އާއި އަލީ އާޒިމް(ދޮން އައްޔަ)، އަހުމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) އެވެ. 

ފިލްމީ ދާއިރާގެ ސީނިއާ ތަރިންގެ އިތުރުން އާ ތަރިންވެސް ފެންނާނެ އެ ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް އެ ހަތަރު މީހުންނާއެކު އާ ބަތަލާއެއް ފެންނާނެ އެވެ. 

ޔޫއްޕެ އަދި ޝަފީގް އެޑިޓްކޮށް، ޝިވާޒް (މާސްކޭ) ކެމެރާކޮށްފައިވާ "ގިރިދާ" ގެ މާނަ އަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް