ads
ދޯނިފަހަރު ލަފާ ބަނދަރެއް ކައިރިއަށް ކުނި ޖަމާވެފައި-- ސްކްރީންޝޮޓް: ޕްރައިމް އޮކްޓޮޕަސް/ ޓްވިޓާ ވީޑިއޯ
މަގުމައްޗަށް ނެރޭ ކުނިތައް ވެމްކޯއިން އުކަން ޖެހޭނެ: މާލޭ ސިޓީ ކައުންސިލް
މަގުމައްޗަށް ނެރޭ ކުނިތައް ވެމްކޯއިން އުކަން ޖެހޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

މިހާރު މާލޭ ސިޓީ ކައުންސިލުން ކުރިއަންގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެއީ ވެމްކޯއިން ކުރަން ޖެހޭ ކަމެއް ކަމަށާއި މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް އެކަން ކުރުމަށްޓަކައި 3.1 މިލިޔަން ރުފިޔާ ހޭދަ ކުރާ ކަމަށެވެ.

ރޭ ވެމްކޯއިން މާލޭގެ މަގުތަކަށް ޖަމާވި ކުނިތައް ނުނަގައެވެ. އެހެންވެ މިއަދު މާލޭ ސިޓީ ކައުންސިލުން ވަނީ އެކުނިތައް ނަގަން ފަށާފައެވެ. އަދި މާލެ ސިޓީ ކައުންސިލުން ކުނި އުކުމުގެ ތެރޭގައި ވެމްކޯ ސައިޓް ދޮރުމައްޗަށް ވެސް ވަނީ އަލާފައެވެ. ފަހުން ސިޓީ ކައުންސިލުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެތަނަށް ކުނި އަޅާފައިވަނީ ހުއްދަނުލިބިގެން، މުއާމަލާތު ކުރުމުގައި އެރި އޮޅުމެއްގެތެރޭގައި ކަމަށެވެ. 

މިއަދު މެންދުރު ފަހު ވެމްކޯއާއެކި ބައްދަލު ވުމެއް ބާވައި މާލޭގެ ކުނީގެ ކަންކަމަށް ހައްލެއް ގެންނާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ. އެކައުންސިލުން ބުނީ ކުރިއަށް އިތް ތަނުގައި އިތުރު ބުރުލެއް އެރިޔަ ނުދީ ކުނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އުއްމީދުކުރާކަމަށެވެ. އަދި ބުނީ ކުނީގެ ްކަންކަން ހާއްލު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. 

ކުނި ވަކިނުކުރާ މީހުން ޖުރިމަނާ ކުރާ ގޮތަށް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް 5 ވަނައިސްލާހު ގެނެސް އާންމު ކޮށްފައިވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.  

އެގަވާއިދުގައިވާގޮތުން  އެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކުރުން އެއީ ކުށެކެވެ.

އެހެންކަމުން އެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ގޭބިސީތަކުން ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަފަހަރު 300ރުފިޔާއިން ޖުރިމޭނާ ކުރާނެއެވެ. ދެން ތަކުރާރު ކުރާ ކޮންމެފަހަރަކު 500 ރުފިޔާއިން ޖުރިމޭނާ ކުރާނއެވެ. 

މިއަދު ގެޒެޓްކުރި އެގަވައިދުގައިވާގޮތުން އެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތަކުން، ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަފަހަރު 500 ރުފިޔާއިން ޖުރިމަނާކުރާނެއެވެ. އަދި ދެވަނަފަހަރު 700 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އަދި ތިންވަނަފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ.

އެގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، ސިނާއީ ރަށްތަކުގައާއި ޓޫރިސްޓު ރިޒޯޓުތަކުގައި ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަފަހަރު 1000ރުފިޔާއިން ޖުރިމަނާކުރާނެއެވެ. އަދި ދެވަނަފަހަރު 1500 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އަދި ތިންވަނަފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ.

އެގަވާއިދުގައިވާގޮތުންމާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ހަތަރު ބަޔަކަށް ބައިކޮށްފައެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި  އެހެން ހުރިހާ ބާވަތެއްގެ ކުންޏެވެ.

މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ތިންބަޔަކަށް ވަކި ކޮށްފައެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެން ހުރިހާ ބާވަތެއްގެ ކުންޏެވެ.

އެގަވާއިދުގައިވާ ގޮތުން ކުނި ބައިބަޔަށް ބަހައިފައިނުވާނަމަ، އެ ކުނި ބަލައިނުގަތުމުގެ އިޚްތިޔާރު ކުނި މެނޭޖުކުމުގެ ޚިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް