ads
މުޒާހަރާ ކުރިއަށް ދިޔަ ވަގުތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޑަ ދޮރު ކައިރިއަށް ނިކުމެވަޑައިގެން- ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް ޔާމީނަށް އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުން!
ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނާ މައްސަލަގައި، އެކަން ތަކުރާރު ނުކުރުމަށް އަންގާ، އެ މައްސަލަ ނިންމާލައިފި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދަނިކޮށް ކޮވިޑް-19 ޖަލުތަކުގައި ފެތުރެން ފެށުމުން އެމަނިކުފާނު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ގޭ ބަންދަކަށް ދޫކުރައްވާފައެވެ. 

ގޭބަންދުގައި ހުއްޓާ “އިންސާފު ހޯދުން” ނަމުގައި މިމަހުގެ 10 ވީ ހުކުރު ދުވަހު ހަވީރު އިދިކޮޅުން ބޭއްވި މުޒާހަރާގެ ބައިވެރިން ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ދޮށަށް އެއްވުމުން ރައީސް ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ބޮޑު ދިދައަކާއެކު މުޒާހަރާގައި ބައިވެރިވެފައެވެ. އަދި ދިދަ ވިހުރުވަމުން މުޒާހަރާގަައި އެމަނިކުފާނުވަނީ އެގޮތަށް ގާތްގަނޑަކަށް 10 މިނެޓްވަރު ވަންދެން ބައިވެރިވެފައެވެ.

މިކަމާއި ގުޅިގެން ހަމަ އެދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ، ރައީސް ޔާމީން އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

ކަރެކްޝަނުން ބުނީ، އެކަމުގައި އެޅި ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރުނުކުރުމަށް އަންގާ ނަސޭހަތް ދިނުން ކަަމަށެވެ. އެގޮތަށް އިއްޔެ ލިޔުމަކުން ރައީސް ޔާމީންނަށް ވަނީ އަންގާފައެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރުކުރައްވައިފި ނަމަ އަޅާނެ ފިޔަވަޅެއް ހާމަކުރައްވާފައެއް ނުވެއެވެ. 

އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދަނިކޮށް ކޮވިޑް-19 ޖަލުތަކުގައި ފެތުރެން ފެށުމުން އެމަނިކުފާނު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ގޭ ބަންދަކަށް ދޫކުރައްވާފައެވެ.

އިދިކޮޅުން އެދުވަހު މުޒާހަރާކޮށްފައިވަނީ ރައީސް ޔާމީންއަށް އިއްވި ހުކުމަކީ ނާއިންސާފުން ގާޒީންތަކެއް ރަހީނުކޮށްގެން އިއްވި ހުކުމެއްކަމަށް ބުނެ ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާތީ އެމަނިކުފާނު ވަގުތުން ވަގުތަށް ޝަރުތަކާއި ނުލާ ދޫކޮށްލުމަށް ގަރާރެއްވެސް ހުށަހެޅުމަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް