ads
14 މާޗް 2021، މާލެ، ކޮވިޑް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރުގެ ބޭރުގައި ގިނަބަޔަކު ކިޔޫގައި -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
އިތުރު 2،000އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފި
ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 2،476 މީހުން ޖަހައިފި އެވެ.

މިމަހުގެ 15 ވީ ބުދަ ދުވަހު އިތުރު 2،476 މީހަކު ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1،091 މީހަކާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކުރި 1،385 މީހެކެވެ. މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން 328،630 މީހުން ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައެވެ. 

ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ގޮތަށް ބަލާއިރު، އިތުރު 464 މީހަކު ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ، އަތޮޅުތެރޭގެ ރަށްރަށުން އަލަށް ވެކްސިންޖެހި 74 މީހަކާއި، މާލޭ ސަރަހައްދުން އަލަށް ވެކްސިންޖެހި 390 މީހެކެވެ. މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން 390،285 މީހުން ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ދެހާހެއްހާ މީހުން އަލަށް ވެކްސިންޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް