ads
ފުލުހުންނާއި ސިފައިން މުލީއާގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހަރަކާތްތެރިވަނީ
އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލަދީ ދެމީހަކު ޒަހަމަ ކޮށްލަފި
އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލަދީ ދެމީހަކު ޒަހަމް ކޮށްލައިފިއެވެ. މިއީ މިއަދު އައްޑޫ ސިޓީގައި ހިންގި ދެވަނަ މާރާމާރީއެވެ.
Advertisement

ފުލުހުން ބުނީ އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެމީހަކަށް ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ލިބުނީ މިރޭ އަށެއްޖަހާ އެހާކަށްހާއިރު ކަމަށެވެ. 

މިމާރާމާރީގައި އަނިޔާ ވެފައިވަނީ އުމުރުން 27 އަހަރުގެ ފިިރިހެނަކާއި 23 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އިތުރަށް ފުލުހުން ބުނީ މިމައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުން ގެންދާކަމަށެވެ. 

މިއަދު މެންދުރުވެސް އައްޑޫ ސިޓީ ހިތަދޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ  ވަނީ ޒަހަމުކޮށްލައިފަ އެވެ.

ހިތަދޫ ކައުންސިލުން ސީއެންއެމްއަށް މިކަން ވަނީ ކަަށަވަރުކޮށްދެއްވާފައެެވެ. ކައުންސިލުން ބުނީ، ފްލެޓް ސަރަހައްދުގައި ޒުވާނަކަށް ހުކުރު ވަގުތާއި ދިމާކޮށް ވަޅިން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް މިހާރު ބަލަމުންދާ ކަމަށެވެ. 

ކައުންސިލުން ބުނީ އެ ހަމަލާދީފައިވަނީ ފްލެޓް ސަރަހައްދުގައި އުޅޭ ޒުވާނަކަށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ހާލު ސީރިއަސް ކަމަށް ކައުންސިލުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހަމަލާދީފައިވަނީ 29 އަހަރުގެ ޒުވާން ފިރިހެނަކަށް ކަމަށެވެ.

އަދި އެހަމަލާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:08 ހާއިރު ކަމަށާއި ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. 

މިހާދިސާއާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިރޭ މުލިއާގެ ކައިރީވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އެމާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް ގައި އަންނަނީ ފަރުވާ ދެމުންނެވެ.

14%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް